ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ޔޫކްރޭންގެ ކްރީމިއާ މިނިވަންކުރުމުގެ ނަމުގައި ވިޔަސް، އެ ސަރަހައްދަށް ވެރިވެގަތުމަށް، ނޭޓޯގެ މެމްބަރު ގައުމަކުން މަސައްކަތް ފަށައިފި ނަމަ، ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ރަޝިޔާ އިން އިންޒާރުކޮށްފި އެވެ.
ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ޔޫކްރޭންގެ ކްރީމިއާ މިނިވަންކުރުމުގެ ނަމުގައި ވިޔަސް، އެ ސަރަހައްދަށް ވެރިވެގަތުމަށް، ނޭޓޯގެ މެމްބަރު ގައުމަކުން މަސައްކަތް ފަށައިފި ނަމަ، ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ރަޝިޔާ އިން އިންޒާރުކޮށްފި އެވެ.
ރަޝިޔާ ސަރުކާރުން ނެރޭ ހަފުތާ ނޫހެއް ކަމަށްވާ އާގިއުމެންޓީ އައި ފަކްޓީ އަށް ދެއްވި އިންޓަވިއުއެއްގައި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ނޭޓޯ އިން އެފަދަ ކަމެއް ކުރުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން މަގު ފަހިވެގެން ދާނީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމައަށް ކަމަށް ވެސް މެޑްވެޑޭވް ވިދާޅުވި އެވެ.
"އަހަރެމެންނަށްޓަކައި ކްރީމިއާއަކީ ރަޝިޔާގެ ބައެއް. އޭގެ މާނައަކީ ތާއަބަދަށް ވެސް އެއީ ރަޝިޔާގެ ބައެކޭ. ކްރީމިއާ އަށް އުދުވާނީ ހަމަލާއެއް ދިނުމަށް ކުރާ ކޮންމެ ކަމަކީ އަހަރެމެންގެ ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން،" މެޑްވެޑޭވް ވިދާޅުވި އެވެ.
"އެކަން ކުރީ ނޭޓޯގެ މެމްބަރު ގައުމަކުން ކަމަށްވާ ނަމަ، އޭގެ މާނައަކީ މުޅި ނޭޓޯ ޖަމާއަތާއި ރަޝިޔާއާ ދެމެދު ކޯޅުމެއް އުފެދުން. އެއީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ. އެއީ ފުރިހަމަ މާނައިގެ ކާރިސާއަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑްން އެދިފައިވާ ގޮތަށް އެ ދެގައުމަށް ނޭޓޯގެ މެމްބަރުކަން ދީފިއްޔާ، ރަޝިޔާ އިން ރަޝިޔާގެ ސަރަހައްދީ އިމުގެ ސަލާމަތީ ކަންތައް ވަރަށް ވަރުގަދަ ކުރާނެ އެވެ. އޭގެ އިތުރުން ބަދަލު ހިފުމުގެ ފިޔަވަޅުތައް ވެސް ރަޝިޔާ އިން އަޅާނެ ކަމަށާއި، އޭގެ ތެރޭގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ އިސްކަންދަރު މަރުކާގެ މިސައިލްތައް، އެ ދެގައުމާ ވީ އެންމެ ކައިރިއެއްގައި ގާއިމުކުރުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ރަޝިޔާގެ އިސް ވެރިއަކު ވިދާޅުވި އިރު، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ، ލެފްޓިނެންޓް ޖެނެރަލް އަންދްރޭ ގުރުލްޔޯވް ވަނީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރަޝިޔާ އިން އެންމެ ފުރަތަމަ ބޮން އަޅާނީ ލަންޑަނަށް ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަންދްރޭ ގުރުލްޔޯވް، ރަޝިޔާގެ ޗެނަލް 1 ޓީވީގައި ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ނަމަ، ރަޝިޔާގެ ރައްދު ހަމަލާތައް ހީނުކުރާހާ ވަރުގަދަ ވާނެ ކަމަށެވެ.
"ތިން ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ނަމަ، އަހަރެމެން ވައިގެ މަގުން ދޭ ފުރަތަމަ ހަމަލާތަކުގައި ވެސް، ދުޝްމަނުންގެ ޖައްވީ ހުރިހާ ސެޓެލައިޓްތަކެއް ސުންނާފަތި ކޮށްލާނަން. އަހަރެމެން ނުބަލާނަން އެއީ އެމެރިކާތޯ ނުވަތަ އިނގިރޭސި ވިލާތްތޯއެއް. އަހަރެމެން އެ އެންމެންނާ މެދުވެސް ދެކޭނީ ނޭޓޯގެ ގޮތުގައި،" އަންދްރޭ ގުރުލްޔޯވް ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކަށް އަހަރެމެން ކުރާނެ ކަމަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހުރި މިސައިލުން ދިފާއުވާ ނިޒާމުތަކުގެ ބާރު މުޅިން ކަނޑުވައިލުން. ތިން ވަނަ ކަމަކަށް، އަހަރެމެން ހަނގުރާމަ ފަށާނީ ވާސޯއަކުން ނުވަތަ ޕެރިހުން ނުވަތަ ބާލިންއަކުން ނޫން. ފުރަތަމަ ވެސް ހަމަލާ ދޭނީ ލަންޑަނަށް. ދުނިޔެއަށް މި ޖެހޭ ހުރިހާ ދުއްތުރާތަކެއް މި ކުރިމަތިވަނީ އިނގިރޭސި ވިލާތުންކަމީ، ކުރިކީލަހާ ސާފުކޮށް ފެންނަން އޮތް ކަމެއް."
ޔޫކްރޭން ހަނގުރާމަ: މައްސަލައަކީ ކޮބާ؟
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ޕުޓިންގެ ވިސްނުމަކީ ޔޫކްރޭން ދެބައިކޮށްލުން