Roadha Mihaaru
މަސްއޫދަށް ހަމަލާދިން މައްސަލަ އިސްތިއުނާފްކޮށްފި

މަސްއޫދަށް ހަމަލާދިން މައްސަލަ އިސްތިއުނާފްކޮށްފި

30 ޖޫން 2022

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.

ލ. އަތޮޅުގައި އުޅެނިކޮށް މިދިޔަ އަހަރު އުޅެނިކޮށް މަސްއޫދަށް ހަމަލާދިނީ ސައިކަލުގައި އޭނާ އަނބިމީހާއާ އެކު ދަނިކޮށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ލ. ފޮނަދޫ ދިލްކުސާގޭ އަހުމަދު ޝަމީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެރަށު ކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން މިމަހު ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީކޮށްފަ އެވެ.

އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ ހަމަލާދޭ މަންޒަރު ރިކޯޑްކުރި ފޯނު ފުލުހުން ހުޅުވީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އާއި ދައުވާލިބުނު މީހާ އެ ހާދިސާ ހިނގިއިރު ހުރީ ގޭގައި ކަމަށް ދިފާއީ ހެކިން ބުނެފައިވާތީ އެވެ.

އެ މައްސަލަ ނިންމި ފަނޑިޔާރު އަމަލުކުރި ގޮތާ މެދު މަސްއޫދުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ޝަކުވާ ހުށަހެޅި އެވެ.