Roadha Mihaaru
އިންތިޚާބުގައި ރައީސާއެކު މަސައްކަތްކުރަން ދަތި: ހަސަން

ރައީސަށް ކާމިޔާބުވާނެ ކަމަކަށް ހަސަން ލަފައެއް ނުކުރައްވާ، ވިދާޅުވީ އެކުގައި މަސައްކަތްކުރަން ދަތި ކަމަށް

02 ޖުލައި 2022

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ލަތީފް މިރޭ ކުރެއްވި ޓްވީޓެއްގައި، ރައީސް މީގެ ކުރިން ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ހިއްސާކުރައްވަމުން ވިދާޅުވީ ރައީސްގެ ސިޔާސީ ހަޔާތްޕުޅުން އެ މަނިކުފާނަށް އޭނާ ދޫކޮށްނުލެއްވުނަސް، އޭނާއަށް ރައީސާ އެކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރަން ދަތި ކަމަށެވެ.

ހަސަންގެ ޓްވީޓްގައި ހިމަނާފައިވާ ވީޑިއޯގައި ރައީސް ވިދާޅުވަނީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުން ދޫކޮށްނުލެއްވޭނެ ބޭފުޅުންތަކެއް އެބަ ތިއްބެވި ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނަންތަކެވެ. އޭގެ ތެރޭގައި ހަސަން ލަތީފްގެ ނަން ވެސް ވިދާޅުވެ އެވެ.

ހަސަންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ އިންތިޚާބު ރައީސަށް އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެ ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ.

ހަސަން ލަތީފްގެ ޓްވީޓް

ހަސަން ލަތީފް އެގޮތަށް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް. ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށާއި އެމްޑީޕީގެ ވެރިކަމެއް ބޭނުން ނަމަ ޗޮއިސް އަކީ އެ މަނިކުފާނު ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެކަމާ ގުޅުވައިގެންގެންނެވެ.