ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވައި ތިއްބަވައިގެން، އާންމު ވޯޓު އިތުރު ނުވާނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުސީދާކޮށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
18 ސެޕްޓެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވައި ތިއްބަވައިގެން، އާންމު ވޯޓު އިތުރު ނުވާނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުސީދާކޮށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯރަމް ހަމަކޮށްގެން މިއަދުގެ ޖަލްސާ ބޭއްވޭތޯ ރިޔާސަތުން ނަޝީދު އެކި ފަހަރު މަތިން މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމަށް ނުވަދެ، މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ތިއްބެވުމުން ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމައެއް ނުވި އެވެ.
އެމްޑީޕީގެ މެމްބަރުން މަޖިލިހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް ދެކޮޅު ހައްދަވަނީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތައް އެއްފަރާތް ކޮށް، ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކަށް މަޖިލީހުގެ އެޖެންޑާ އިން ޖާގަދީފައިވާ ކަމަށް ވިދާޅުވެ އެވެ.
އެންމެ ފަހުން، މެންދުރު 1:00 އާ ހަމައަށް ކޯރަމް ހަމަކުރަން ވަގުތު ދެއްވުމަށް ފަހު ވެސް އެކަން ކާމިޔާބު ނުވުމުން، ޖަލްސާ ނުބޭއްވުނު ކަމަށް އިއުލާނު ކުރައްވަމުން ނަޝީދު ވަނީ މަޖިލިސް ހުއްޓުވުމުން މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދު ގެއްލޭނެ ކަމަށް ނުސީދާކޮށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އަތުގައި ތަޖުރިބާ ނެތިދާނެ ސިޔާސީ ޕާޓީއަކަށް ލަފާ ދިނުމުގައި. އެހެން ނަމަވެސް އަޅުގަނޑަށް ދެންނެވޭނީ، މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމުން ލިބިވަޑައިގަންނަވާނެ، އިތުރުވާނެ ކަމަށް ދެކެވަޑައިގަންނަވަނީ ކަމަށް ވަންޏާ އެއީ ކުށްހީ އެކޭ،" ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ތާއީދާއި ރައްޔިތުންގެ ލޯބި ލިބިގެންދާނީ، ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެވަޑައިގަތީމާ. ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން. ރައްޔިތުންނަށްޓަކައި ކުރާ ވެރިކަން."
އެހެންކަމުން އެ ޒިންމާ އަދާނުކޮށް، ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި ރައްޔިތުންގެ ތާއީދު ހޯދަން ދަތިވާނެ އެވެ.
އެމްޑީޕީގެ ގިނަ މެމްބަރުން ބޮއިކޮޓް ކުރުމުން މިއަދުގެ ޖަލްސާ ނުބޭއްވުނަސް، މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، މާދަމާ ވެސް ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
އަރައިރުމާ ހެދި ޓެކްސް އިސްލާހު ފާހެއް ނުކުރި
އެމްޑީޕީގައި އޮތީ ރިޔާސީ ޓިކެޓް ހޯދުމުގެ ހަނގުރާމަ؟