ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބެލަރޫސް އޮންނާނީ ފުރިހަމަ އަށް ރަޝިޔާ އަށް ތާއީދުކުރާ ގައުމެއްގެ ގޮތުގައި ކަމަށް، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބެލަރޫސް އޮންނާނީ ފުރިހަމަ އަށް ރަޝިޔާ އަށް ތާއީދުކުރާ ގައުމެއްގެ ގޮތުގައި ކަމަށް، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިންގެ ބާރުގެ ދަށުން، ރަޝިޔާ ސިފައިން މިންސްކް (ބެލަރޫސްގެ މިހާރުގެ ވެރިރަށް) މިނިވަންކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ލުކަޝެންކޯ ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބެލަރޫސްގެ ތާއީދު އޮތީ ރަޝިޔާ އަށް ކަމަށެވެ. އަދި ކުރިމަގުގައި ވެސް ޔޫކްރޭން ހަނގުރާމައިގައި ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނާޒީ ހަރަކާތްތަކާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއާ އެކުގައި އޮތް ހަމައެކަނި ގައުމަށް ވީތީ، މިއަދު އަހަރެމެންނަށް ދަނީ ފާޑުކިޔުންތައް ކުރިމަތިވަމުން. އަހަރެމެން ރަޝިޔާ އަށް ތާއީދުކުރަން، އަދި ދެމިއޮންނާނީ ވެސް ތާއީދުކުރާ ގައުމެއްގެ ގޮތުގައި،" ރައީސް ލުކަޝެންކޯ ވިދާޅުވި އެވެ.
"އަހަރެމެންނާއި ރަޝިޔަން ފެޑެރޭޝަނާ ދެމެދުގައި އޮތް ގާތް ގުޅުން، އަހަރެމެންނަށް ފާޑު ކިޔާ މީހުންނަށް ފަހަރެއްގައި ނޭނގެނީ ކަންނޭނގެ. އަހަރެމެންގެ ދެ ގައުމުގައި އޮތީ ހުރިހާ ގޮތަކުން ގުޅިފައި އޮތް ލަޝްކަރެއް. ކަލޭމެންނަށް (ބެލަރޫސްގެ ރައްޔިތުންނަށް) މި ހުރިހާ ހަގީގަތެއް ރަނގަޅަށް އެނގޭނެ. އަހަރެމެން ދެމިތިބޭނީ ބެލަރޫސްގެ އެއްބަނޑު އެއްބަފާ ރަޝިޔާއާ އެކުގައި."
ރައީސް ލުކަޝެންކޯގެ މި ވާހަކަތަކާ ގުޅޭ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ބެލަރޫސްގެ ހަރަކާތްތަކާ މެދު ރަނގަޅަށް ފާރަވެރިވާންޖެހޭ ފަދަ އިޝާރާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މައިގަނޑު ތިން ދިމާއަކުން ދިން ހަމަލާތަކުންނެވެ. ޔޫކްރޭންގެ ހުޅަނގު އުތުރު ސަރަހައްދުން ހަމަލާތައް ދިނީ، އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމުގެ ނަމުގައި އެ ދުވަސްވަރު ބެލަރޫސަށް ގޮސް ތިބި ރަޝިޔާ ސިފައިންނެވެ.
ޔޫކްރޭންގެ އަސްކަރީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިހާރު ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގެ ކޮންމެވެސް ހިސާބަކުން ބެލަރޫސް ސިފައިން ވެސް، ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާނެ އެވެ.
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި