31 ޖުލައި 2022
ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގައި އޮންނަ ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް އަވަށްތަކުގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ގޮވާލައްވައިފި އެވެ.
ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގައި އޮންނަ ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް އަވަށްތަކުގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ގޮވާލައްވައިފި އެވެ.
ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި ކޮންމެ ވަގުތަކު ވެސް ހަމަލާތައް އިތުރުވެ ހަނގުރާމަ ވަރުގަދަވެދަނެ ކަމަށެވެ. އެ ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބެލެވޭތީ، އާންމުންގެ ފުރާނަ ސަލާމަތް ކުރެވޭނީ، އެ ސަރަހައްދު ދޫކޮށް ދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޑޮނެޓްސްކް ސަރަހައްދުގައި މިހާރު ތިބީ އާންމުންގެ ވަރަށް މަދު ބައެކެވެ. އަދި ޑޮނެޓްސްކް ހިފުމަށް ރަޝިޔާ ސިފައިން ދެމުން އަންނަ ހަމަލާތަކުން އެދެވޭ ކުރިއެރުމެއް ނުލިބޭތީ، ހަނގުރާމަ ދިގުލައިގެން ގޮސް، އާންމުންނަށް ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުންނެވެ.
ޑޮނެޓްސްކް ސަރަހައްދުގައި ތިބި އާންމުން އެ ސަރަހައްދުން ފޭބުމަށް ޒެލެންސްކީ މި ގޮވައިލެއްވީ، ޑޮނެޓްސްކްގެ އެހެން ސަރަހައްދެއްގައި ރަޝިޔާގެ ބެލުމުގެ ދަށުގައި ތިބި ޔޫކްރޭން ސިފައިންގެ ބަޔަކު މަރުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ރަޝިޔާގެ ބެލުމުގެ ދަށުގައި ތިބި ޔޫކްރޭންގެ ސިފައިންތަކެއް މަރުވި މައްސަލަ ތަހުގީގުކުރުމަށް، ރަޝިޔާ އިން އިއްޔެ ވަނީ އދ. މަޖިލީހަށާއި ރެޑް ކްރޮސް އަށް ދައުވަތު ދީފަ އެވެ.
ހަނގުރާމައިގެ އަސީރުންގެ ގޮތުގައި، ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުގައި ތިބި ޔޫކްރޭން ސިފައިންގެ 50 މީހަކު މަރުވީ އެމީހުން ހައްޔަރުކޮށްފައި ތިބި ތަނަށް ދިން ހަމަލާތަކެއްގަ އެވެ. އެތަނަށް ހަމަލާ ދިނީ ޔޫކްރޭން ސިފައިން ކަމަށް ރަޝިޔާ އިން ބުނާ އިރު، ޔޫކްރޭނުން ތުހުމަތުކުރާ ގޮތުގައި އެ ތަނަށް ހަމަލާ ދިނީ ރަޝިޔާ ސިފައިންނެވެ.
ރެޑް ކްރޮސް އިން މިދިޔަ ހުކުރު ދުވަހު ބުނި ގޮތުގައި ހަނގުރާމައިގެ އަސީރުން ހައްޔަރުކޮށްފައި ތިބި ޖަލަށް ޒިޔާރަތްކުރުމަށާއި، އެ ޖަލަށް ދިން ހަމަލާތަކުން ފުރާނަ ސަލާމަތްވި ގައިދީންނާ ބައްދަލުކުރުމަށް، އެ ޖަމާއަތުން ވާނީ ރަޝިޔާ ސަރުކާރަށް ހުށަހަޅައިފަ އެވެ. ހަނގުރާމައިގެ އަސީރުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަކީ ޖެނީވާ މުއާހަދާގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
ހަނގުރާމައިގެ އަސީރުންތައް މަރުވީ، އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފައިވާ ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ހުންނަ ޖަލެއްގައި ހައްޔަރުކޮށްފައި ތިއްބަ އެވެ.
ރަޝިޔާ އިން އިއްޔެ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އެ ޖަލަށް ހަމަލާ ދިނީ، އެމެރިކާ އިން ދާދި ފަހުން ޔޫކްރޭނަށް ފޮނުވި ހިމާޒް މަރުކާގެ މިސައިލްތައް ބޭނުންކޮށްގެން ޔޫކްރޭން ސިފައިންނެވެ. ނަމަވެސް ޔޫކްރޭނުން ރަޝިޔާގެ މި ތުހުމަތުތައް ދޮގުކުރެ އެވެ.
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު