ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން ނެރޭނީ 2024 ގައި ކަމަށް ބުނެފި އެވެ.
06 ޖުލައި 2022
ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަން ނެރޭނީ 2024 ގައި ކަމަށް ބުނެފި އެވެ.
އެ ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ މެޓް އަދި ރޮސް ޑަފާ ދެބެއިން ބުނީ، ސީޒަން ހަތަރެއް ގެނެސްދޭ ނެގިވަރުގެ ދިގު މުއްދަތެއް ފަހު ސީޒަނަށް ނުނަގާނެ ކަމަށެވެ. އަދި ފަހު ސީޒަން 2024 ވަނަ އަހަރުގައި ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުންޏެވެ.
އެ ދެބެއިން ބުނީ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށެވެ. އަދި އެ ސީރީޒްގެ އޮރިޖިނަލް ކާސްޓު، މިލީ ބޮބީ ބްރައުން، ނޮއާ ޝްނެޕްސް، ފިން ވުލްފްހާޓް، ކޭލެބް މެކްލޯގްލިން، ސޭޑީ ސިންކް އއަދި ގޭޓެން މެޓަރަޒޯ ވެސް އެ ސީޒަންގައި ފެންނާނެ ކަމަށެވެ.
ސުޕަނެރުޗަލް އަދި ފެންޓެސީ ރަހަތައް ހިމެނޭ ސްޓްރޭންޖާ ތިންގްސް އެންމެ ފުރަތަމަ 2016 ވަނަ އަހަރުގައި ނެރުމާ އެކު، އެ ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. އަށްޑިހައިގެ އަހަރުތަކުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ އެ ސީރީޒް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
އެއީ ނެޓްފްލިކްސްގެ ތާރީހުގައި ވެސް އެންމެ މަގުބޫލު ސީރީޒެވެ. މިހާރު އެ ސީރީޒް އޮތީ އެއްކޮށް ނިމުމާ ކައިރިވެފަ އެވެ.
ސްޓްރޭންޖާ ތިންގްސްގެ ހަތަރުވަނަ ސީޒަންގެ ފަހު އެޕިސޯޑުތައް މިދިޔަ ހުކުރު ދުވަހު ނެރެފައިވާއިރު، ސީރީޒްގެ ހަތަރުވަނަ ސީޒަން އައިސްފައި ވަނީ ގާތްގަނޑަކަށް ތިން އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ.
އެއާ އެކު، އެ ސީރީޒްގެ ފަހު ސީޒަން ނުވަތަ ސީޒަން ފަހެއް ނެރޭނެ ދުވަހަކަށް ފޭނުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
"ވެނިސްޑޭ"ގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް ޖެނާ
ގަޑިއިރެއްގެ އެޕިސޯޑުން ފުރަތަމަ އަށް މިނެޓް
ސްޓްރޭންޖާ ތިންގްސްގެ ފޭނުންނަށް އުފާވެރި ޚަބަރެއް
"ބްރޭކިން ބޭޑް" އޮކްޓޯބަރުގައި ނެޓްފްލިކްސް އަށް
"މިޑްނައިޓްސް ޗިލްޑްރެން" ނެޓްފްލިކްސް އަށް
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
ނެޓްފްލިކްސް އާއި ޝާހްރުކް ސިލްސިލާއެއް ހަދަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ