އިންޑިއާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ މީގެ 37 އަހަރު ކުރިން ލިޔުނު އަދި އެވޯޑް ހޯދާފައިވާ ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.
04 ޖުލައި 2018
އިންޑިއާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ މީގެ 37 އަހަރު ކުރިން ލިޔުނު އަދި އެވޯޑް ހޯދާފައިވާ ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލް ސްޓްރީމިން ސާވިސް އިން ބުނީ ރުޝްދީ، 71، ގެ އެންމެ ކާމިޔާބު އަދި އެންމެ އެއް މޮޅު ވާހަކަ ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން މަގުފަހިވުމަކީ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ނެޓްފްލިކްސްގެ ކޮންޓެންޓް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ބުންޏެވެ.
ޖޭމްސް ޓެއިޓް މެމޯރިއަލް ބުކް ޕްރައިޒް ހޯދާފައިވާ "މިޑްނައިޓްސް ޗިލްޑްރެން" ސީރީޒާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނެޓްފްލިކްސް އިން ހާމައެއް ނުކުރެ އެވެ.
ރުޝްދީ 1981 ގައި ނެރުނު މި ވާހަކައިގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުނު ތާރީހު ކަމަށްވާ އޮގަސްޓް، 15، 1947 ގެ ސުންގަޑި ސުންމިނިޓްގައި އުފަންވާ ސަލީމް ސިނާއި ކިޔާ ކުއްޖެއްގެ ވާހަކަ އެވެ.
ރުޝްދީ ބުނީ އޭނާގެ މި ވާހަކަ އަށް ނެޓްފްލިކްސް އިން ސީރީޒެއް ގެނެސް ދޭން ނިންމާފައިވާތީ، ފަންނީ ގޮތުން އެއަށް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ.
"މިޑްނައިޓްސް ޗިލްޑްރެން" އަށް ބިނާކޮށް އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ ޕެހެތާ ވަނީ ހަމަ އެ ނަމުގައި 2012 ގައި ފީޗާ ފިލްމެއް ގެނެސް ދީފަ އެވެ.
އޭގެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، ޝަބާނާ އަޒްމީ، ޝްރިޔާ ސަރަން، ޝަހާނާ ގޮސްވާމީ، ރޯނިތު ރޯއި (ބަޖާޖް)، ރާހުލް ބޯސް، ސީމާ ބިސްވާސް އަދި ފިލްމް "ތާރޭ ޒަމީން ޕަރް" އިން ވިދާލި ކުޑަކުއްޖާ ދަރްޝީލް ސަފަރީ ހިމެނެ އެވެ.
ސަލްމާން ރުޝްދީ 1981 ގައި ނެރުނު "މިޑްނައިޓްސް ޗިލްޑްރެން".
ނެޓްފްލިކްސް އިން ބުނި ގޮތުގައި އިންޑިއާގެ ވާހަކަ ކިޔައިދޭ "މިޑްނައިޓްސް ޗިލްޑްރެން" އާ އެކު، ރުޝްދީގެ ވާހަކަ އަށް އެތައް ބައެއްގެ ތަރުހީބު އަދި މާ ބޮޑަށް ލިބިގެން ދާނެ އެވެ. އަދި މި ވާހަކައަކީ މި ޒަމާނާ އަދިވެސް ވަރަށް ގުޅޭ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
ދާދި ފަހުން ނެޓްފްލިކްސް އިން ވަނީ އިންޑިއާގެ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ވެސް ސްޓްރީމް ކުރަން ވެސް ފަށައިފަ އެވެ. ދެން އެންމެ އަވަހަށް އިންޑިއާގެ އެއްޗަކަށް ގެނެސް ދޭނީ މި މަހުގެ 6 ގައި ސްޓްރީމް ކުރަން ފަށާ ސައިފް އަލީ ހާންގެ "ސެކްރެޑް ގޭމްސް" އެވެ.
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
"ވެނިސްޑޭ"ގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް ޖެނާ
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން 2024 ގައި
ގަޑިއިރެއްގެ އެޕިސޯޑުން ފުރަތަމަ އަށް މިނެޓް
ސްޓްރޭންޖާ ތިންގްސްގެ ފޭނުންނަށް އުފާވެރި ޚަބަރެއް
"ބްރޭކިން ބޭޑް" އޮކްޓޯބަރުގައި ނެޓްފްލިކްސް އަށް
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
ނެޓްފްލިކްސް އާއި ޝާހްރުކް ސިލްސިލާއެއް ހަދަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ