ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ވެނިސްޑޭ"ގެ ދެވަނަ ސީޒަންގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް، އެ ސީރީޒްގައި ލީޑް ރޯލު ކުޅޭ ޖެނާ އޮޓޭގާ ހަމަޖައްސައިފި އެވެ.
09 މާޗް 2023
ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ވެނިސްޑޭ"ގެ ދެވަނަ ސީޒަންގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކަށް، އެ ސީރީޒްގައި ލީޑް ރޯލު ކުޅޭ ޖެނާ އޮޓޭގާ ހަމަޖައްސައިފި އެވެ.
މަޝްހޫރު ފެންޓަސީ ޑްރާމާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓާއިންގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދިން މި ސީރީޒަށް ބޮޑު ތަރުހީބެއް ލިބުނެވެ.
"ވެނިސްޑޭ" ސީރީޒްގެ ޓައިޓަލް ކެރެކްޓަރު "ވެނިސްޑޭ އެޑަމްސް".
ހާއްސަކޮށް، މި ސީރީޒްގެ ޓައިޓަލް ކެރެކްޓަރު ކަމަށްވާ ވެނިސްޑޭ އެޑަމްސްގެ ރޯލު ކުޅުނު ޖެނާއަށް ބެލުންތެރިންގެ ލޯބި ލިބުނެވެ.
އެއްވެސް އިހުސާސެއް މޫނުމަތިން ނުދައްކައި އުޅޭ ވެނިސްޑޭގެ ދިރިއުޅުން ދައްކާ މި ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނީ ބެލުންތެރިންނަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ.
Jenna Ortega will be an executive producer on ‘Wednesday’ Season 2. pic.twitter.com/YZQrQj3s9S
— Pop Crave (@PopCrave) March 7, 2023
މިހާރު ދެވަނަ ސީޒަން އިއުލާނުކޮށްފައިވާ މި ސީރީޒްގެ ލީޑު އެކްޓަރަށް އެގްޒެކެޓިވް ޕްރޮޑިއުސަރުގެ މަގާމު ދީ، ސީރީޒްގެ ކަންކަން ނިންމުމުގެ ބާރުދީފައި މި ވަނީ، ފުރަތަމަ ސީޒަންގައި އޭނާ ހިތްހަމަނުޖެހޭ ކަންކަން ހުރި ކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށެވެ.
ޑިޒްނީން އެކްޓިން ކެރިއަރު ފެށި ޖެނާގެ އާ ފިލްމު "ސްކްރީމް 6" މިއަދު ރިލީޒްކުރާނެ އެވެ. މިދިޔަ އަހަރު ނިކުތް "ސްކްރީމް" ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ފިލްމުގައި ޖެނާއާއެކު "ފްރެންޑްސް" ސީރީޒްގެ ތަރި، ކޯޓްނީ ކޮކްސް ވެސް އުޅެ އެވެ.
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން 2024 ގައި
ގަޑިއިރެއްގެ އެޕިސޯޑުން ފުރަތަމަ އަށް މިނެޓް
ސްޓްރޭންޖާ ތިންގްސްގެ ފޭނުންނަށް އުފާވެރި ޚަބަރެއް
"ބްރޭކިން ބޭޑް" އޮކްޓޯބަރުގައި ނެޓްފްލިކްސް އަށް
"މިޑްނައިޓްސް ޗިލްޑްރެން" ނެޓްފްލިކްސް އަށް
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
ނެޓްފްލިކްސް އާއި ޝާހްރުކް ސިލްސިލާއެއް ހަދަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ