Roadha Mihaaru
އެމީ ނޮމިނޭޝަންތަކުގެ ކުރީގައި "ސަކްސެޝަން"

އެމީ ނޮމިނޭޝަން: ކުރީގައި "ސަކްސެޝަން" އާއި "ދަ ލާސްޓް އޮފް އަސް"

13 ޖުލައި 2023

ޓީވީ ސީރީޒްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު، އެމީ އެވޯޑްސްގެ މި އަހަރުގެ ނޮމިނޭޝަންތައް މިއަދު އިއުލާންކޮށްފި އެވެ.

ޓީވީ ސީރީޒްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު، އެމީ އެވޯޑްސްގެ މި އަހަރުގެ ނޮމިނޭޝަންތައް މިއަދު އިއުލާންކޮށްފި އެވެ.

ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި އޮތީ އެޗްބީއޯގެ ސީރީޒްތައް ކަމަށްވާ "ސަކްސެޝަން" އާއި "ދަ ލާސްޓް އޮފް އަސް" އެވެ. މިފަހަރު އެންމެ ކުރީގައި އުޅެނީ ވެސް އެޗްބީއޯގެ ސީރީޒްތަކެވެ.

"ސަކްސެޝަން"އަށް 27 ނޮމިނޭޝަނެއް ލިބިފައިވެ އެވެ. އަދި "ދަ ލާސްޓް އޮފް އަސް"އަށް 24 ނޮމިނޭޝަނެއް ލިބުނުއިރު، އެޗްބީއޯގެ އެހެން ސީރީޒެއް ކަމަށްވާ "ދަ ވައިޓް ލޮޓަސް" އަށް 23 ނޮމިނޭޝަން ލިބިފައިވެ އެވެ.

އެޗްބީއޯގެ ސީރީޒްތަކަށް ފަހު ދެން އެންމެ ގިނަ ނޮމިނޭޝަން ލިބުނީ އެޕަލް ޓީވީ ޕްލަސްގެ ސީރީޒެއް ކަމަށްވާ "ޓެޑް ލަސްސޯ" އަށެވެ. އެއީ 21 ނޮމިނޭޝަނެވެ.

މި ހިމަނާލަނީ މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ ނޮމިނޭޝަންތަކެވެ؛

އެންމެ މޮޅު ޑްރާމާ ސީރީޒް

• އެންޑޯ

• ބެޓަ ކޯލް ސޯލް

• ދަ ކްރައުން

• ހައުސް އޮފް ދަ ޑްރެގަން

• ދަ ލާސްޓް އޮފް އަސް

• ސަކްސެޝަން

• ދަ ވައިޓް ލޮޓަސް

• ޔެލޯޖެކެޓްސް

އެންމެ މޮޅު ކޮމެޑީ ސީރީޒް

• ބީފް

• ޑެމާ މޮންސްޓާ: ދަ ޖެފްރީ ޑެމާ ސްޓޯރީ

• ޑެއިޒީ ޖޯންސް އެންޑް ދަ ސިކްސް

• ފްލިޝްމަން އިޒް އިން ޓްރަބަލް

• އޮބިވާން ކެނޮބީ

އެންމެ މޮޅު އެކްޓަރު (ޑްރާމާ ސީރީޒް)

• ޖެފް ބްރިޖްސް (ދަ އޯލްޑް މޭން)

• ބްރައަން ކޯޒް (ސަކްސެޝަން)

• ކިރަން ކަލްކިން (ސަކްސެޝަން)

• ބޮބް އޮޑެންކާކް (ބެޓަ ކޯލް ސޯލް)

• ޕެޑްރޯ ޕަސްކަލް (ދަ ލާސްޓް އޮފް އަސް)

• ޖެރެމީ ސްޓްރޯންގް (ސަކްސެޝަން)

އެންމެ މޮޅު އެކްޓްރެސް (ޑްރާމާ ސީރީޒް)

• ޝެރޮން ހޯގަން (ބޭޑް ސިސްޓާސް)

• މެލަނީ ލިންސްކީ (ޔެލޯޖެކެޓްސް)

• އެލިޒެބަތު މޮސް (ދަ ހޭންޑްމެއިޑްސް ޓޭލް)

• ބެލާ ރަމްޒޭ (ދަ ލާސްޓް އޮފް އަސް)

• ކެރީ ރަސުލް (ދަ ޑިޕްލޮމެޓް)

• ސާރާ ސްނޫކް (ސަކްސެޝަން)

މިއީ އެމީ އެވޯޑްސް ބާއްވާ 75 ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑު ހަފުލާ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 18 ގަ އެވެ.