Roadha Mihaaru
ފާސްޓޭ ދޯ: ވިލާ ގޭސް އަގު ހެޔޮކޮށް ލުއި ފުޅިއަށް

ފާސްޓޭ ދޯ: ވިލާ ގޭސް އަގު ހެޔޮކޮށް ލުއި ފުޅިއަށް

06 ޖުލައި 2022

ވިލާ ގޭހުން ވިއްކާ ދަގަނޑު ގޭސް ފުޅި، ލުއި ފުޅިއަށް ބަދަލުކޮށްދޭ ކެމްޕެއިނެއް "ފާސްޓޭ ދޯ" ނަމުގައި ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ގޭހުން ވިއްކާ ދަގަނޑު ގޭސް ފުޅި، ލުއި ފުޅިއަށް ބަދަލުކޮށްދޭ ކެމްޕެއިނެއް "ފާސްޓޭ ދޯ" ނަމުގައި ފަށައިފި އެވެ.

ވިލާ ގޭހުގެ ލުއި ފުޅިއަށް ބަދަލުކުރަން ބޭނުންވާ ނަމަ ހެޔޮ އަގުގައި މި ކެމްޕެއިނުގައި އެކަން ކުރެވޭނެ އެވެ. މި ކެމްޕެއިންގެ ދަށުން ދަގަނޑު ފުޅި 499ރ. އަށް ލުއި ފުޅިއަށް ބަދަލުކޮށްދޭނެ އެވެ.

ވިލާ ގޭހުން ބުނީ ކެމްޕެއިން ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ވިލާ ގޭހުން ވިއްކާ ލުއި ފުޅި ދަގަނޑު ފުޅިތަކަށް ވުރެ އެތައް ގުނައެއް ލުއިވެފައި ރީތި ވެސް ވާނެ އެވެ. ވިލާ ގޭހުން ބުނީ މިއީ ލުއި ފުޅިތަކަށް އޮންނަ ޑިމާންޑަށް ބަލައި، އަގު ހެޔޮކޮށް އެކަން ކޮށްދޭން ފެށި ކެމްޕެއިނެއް ކަމަށެވެ.

ވިލާ ގޭހުން ބުނީ މި ކެމްޕެއިންގެ ދަށުން ލުއި ފުޅިއަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފިހާރައިގެ ހޮޓްލައިން ނަމްބަރު 3336633 އަށް ގުޅައިގެން އެކަމަށް އެދެވޭނެ ކަމަށެވެ. އަދި ވިލާ ގޭހުގެ މޯބައިލް އެޕް މެދުވެރިކޮށް ވެސް ރިކުއެސްޓު ކުރެވޭނެ އެވެ.

ވިލާ ގޭހުން ބުނީ އެ ފިހާރައަކީ ގޭހުގެ ހިދުމަތް އެންމެ އަވަހަށް ފޯރު ކޮށްދީ، އެންމެ "ފާސްޓް" ޑެލިވަރީގެ ހިދުމަތް ދެމުންދާ ފިހާރަ ކަމަށެވެ. ވިލާ ގޭހުން ކުރިއަށް ގެންދާ ކެމްޕެއިންނަށް ނަން ދީފައި ވަނީ އެކަމާ ގުޅުވައިގެންނެވެ.