Roadha Mihaaru
ވިލާ އިން ވެސް ރޯދަ މަހަށް ގޭސް އަގު ހެޔޮކޮށްފި

ވިލާ އިން ވެސް ރޯދަ މަހަށް ގޭސް އަގު ހެޔޮކޮށްފި

10 މެއި 2018

ރޯދަ މަހާ ދިމާކޮށް ވިލާ އިން ވެސް 10 ކިލޯގެ ގޭސްފުޅިއަކުން 50ރ. ކުޑަކޮށް، 150ރ. އަށް ވިއްކަން ފަށައިފި އެވެ.

ރޯދަ މަހާ ދިމާކޮށް ވިލާ އިން ވެސް 10 ކިލޯގެ ގޭސްފުޅިއަކުން 50ރ. ކުޑަކޮށް، 150ރ. އަށް ވިއްކަން ފަށައިފި އެވެ.

ވިލާ ގޭހުގެ އޮފިޝަލަކު ވިދާޅުވީ އެންމެ އާންމުކޮށް ބޭނުންކުރާ ގޭސް ފުޅީގެ އަގު ހެޔޮކުރަން ނިންމީ އާންމުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ގޭސް ފޯރުކޮށްފިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އަގު ހެޔޮކޮށް ގޭސް ވިއްކަން ފަށާނީ ރޯދަ މަސް ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ވިލާ ގޭހުން މި މަހު އެއް ވަނަ ދުވަހު ވަނީ "އެކްސްޕްރެސް ޑެލިވަރީ"ގެ ޚިދުމަތް ފަށާފަ އެވެ. އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ 11:00 އިން ރޭގަނޑު 6:00 އަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެ ގަޑިތަކަކީ އާންމުކޮށް ގޭސް ޑެލިވަރީ ކުރާ ގޮތަށް ޕިކަޕުގައި ގޭސް ގެންދިއުން މަނާ ކޮށްފައި ވާތީ، އެކްސްޕްރެސް ޑެލިވަރީ ކުރާނީ ކޮންމެ ފުޅިއެއް ވަކިން ގެންދާ ގޮތަށެވެ.

އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތަށް 30ރ.ގެ ފީއެއް ނަގާނެ ކަމަށާއި، ނަމަވެސް ރޭގަނޑު ހައެއްގެ ފަހުން އާންމު ޑެލިވަރީ ފެށޭނެ ކަމަށާއި އެ ޚިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް މޯލްޑިވް ގޭހުން ވެސް ވަނީ 10 ކިލޯގެ ފުޅިއަކުން 50ރ. ހެޔޮކޮށް، 150ރ. އަށް ވިއްކަން ފަށައިފަ އެވެ.