08 ޖުލައި 2022
މޯލްޑިވްސް މެރިން އެކްސްޕޯ 2022ގެ އޮފިޝަލް ލުބްރިކަންޓު ޕާޓްނަރަކަށް ވިލާ ހަކަތައިން ސޮއިކޮށްފި އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ 2022ގެ އޮފިޝަލް ލުބްރިކަންޓު ޕާޓްނަރަކަށް ވިލާ ހަކަތައިން ސޮއިކޮށްފި އެވެ.
މެރިން ދާއިރާގެ ގިނަ ކުންފުނިތަކަކުން ބައިވެރިވާ އެކްސްޕޯގައި ވިލާ ހަކަތައިން ޑިސްޕްލޭކުރަން ހަމަޖެހިފައި ވަނީ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ލުބްރިކަންޓް ސަޕްލަޔާ، "ޝެލް" ބްރޭންޑުގެ ލުބްރިކަންޓެވެ. ވިލާ ހަކަތަ އަކީ އެ ބްރޭންޑުގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ވިލާ ހަކަތައިން ބުނީ އެ ފިހާރައިން ވިއްކާ ލުބްރިކަންޓަކީ ޕަވާ ޖެނެރޭޝަނާއި، މެރިން އިންޖީނަށާއި، އެއްގަމުގަ އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުން ކުރެވޭނެ ލުބްރިކަންޓެއް ކަމަށެވެ. ވިލާ ހަކަތައިން ބުނީ އެ އެކްސްޕޯ ގައި އެ ޕްރޮޑަކްޓާއި، ވިލާ ހަކަތައިން ވިއްކާ އިތުރު ޕްރޮޑަކްޓުތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. އަދި އެކްސްޕޯގައި، އެ ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް ޝޯކޭސް ކުރާނެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ރާއްޖޭގެ މެރިން ދާއިރާގެ ކުންފުނިތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީހުން ގުޅުުވައިދޭ އެކްސްޕޯ އެކެވެ. މި އަހަރުގެ އެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ 4-6 އަށެވެ. އެ އެކްސްޕޯގައި މެރިން ދާއިރާގައި ބޭނުންކުރާ އެކި ޓެކްނޮލަޖީގެ ވަސީލަތްތަކާއި، މެރިން ލައިފްސްޓައިލާ ގުޅޭ މައުލޫމާތު ވެސް ލިބޭނެ އެވެ. އަދި އެ އެގްޒިބިޝަނުގައި ބައިވެރިވާ އެކި ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ވެސް ބަލާލެވޭނެ އެވެ.
މި އަހަރުގެ އެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.
މެރިން އެކްސްޕޯގައި ވިލާ ހަކަތައިގެ އުފެއްދުންތައް
ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާގެ އެވޯޑު ވިލާއަށް
"ދައުލަތުގެ ބައި ސެންޓުވެސް ވިލާގެ ތިޖޫރިއަށް ނުވަދޭ"
ވިލާ ކޮލެޖުގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ
"އުތުރުން ދެކުނަށް" ފެށި ދަތުރުގައި ހއ. ނިންމައިފި
ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ވާވެއްދި ވިއްކުން ހުއްޓުވި ސަބަބަށް ވިލާއިން އެދިއްޖެ
ވިލާ ގޭހަށް އެޕުން އޯޑަރު ދޭން މާ ފަސޭހަ
ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވައިފި