ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފި އެވެ.
10 ފެބުރުއަރީ 2025
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފި އެވެ.
ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.
ގާސިމް ވަރަށް ކުޑައިރު މާލެ ވަޑައިގެން ދިރިއުޅުއްވީ އިލްޔާސްގެ ގެކޮޅު މ. އެންދެރިމާގޭގަ އެވެ. އެހެންވެ، ގާސިމްގެ ބައްޕަ ނެތް ދުނިޔޭގައި އޭނާގެ ބައްޕައެއްގެ ގޮތުގައި ބައްލަވާ ބޭފުޅަކީ އިލްޔާސް އެވެ. ގާސިމްގެ ހަޔާތުގެ މުހިންމު ފޮތް ނެރުމުގެ ޝަރަފު އިލްޔާސަށް ދެއްވި ސަބަބަކީ އެއީ އެވެ. އިލްޔާސްގެ ބައްޕަ އާއި ގާސިމްގެ ބައްޕައާ ދެމެދު އެ ޒަމާނުގައި ވަރަށް ގާތް ގުޅުމެއް އޮތުމުގެ ނަތީޖާއަކީ ގާސިމް އާއި އިލްޔާސްގެ ގުޅުން ވެސް ވަރަށް ކައިރިވުން ކަމަށް މިރޭ ދެއްކެވި ވާހަކައިގައި ގާސިމް ވެސް ފާހަގަކުރެއްވި އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ފޮތް އިލްޔާސް އިބްރާހިމް ނެރެދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިވެހި ދައުލަތަށް އެތައް ހިދުމަތެއްކޮށްދެއްވާފައިވާ ބައެއް ބޭފުޅުންނާއި ގާސިމްގެ ސިޔާސީ ހަޔާތުގައި އޭނާއާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި ގާސިމްގެ އާއިލީ ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި މިހާރުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް ވެސް މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
މި ފޮތް ލިޔުއްވާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިއީ ޖަމީލުގެ ތިންވަނަ ފޮތެވެ. އޭނާގެ އަނެއް ދެ ފޮތަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ 'އޯކިޑް' އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް މިރޭ ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަތްސަތޭކަ އަށް ވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެ އެވެ. އާއްމުކޮށް ފެނިފައިނުވާ ގާސިމްގެ ކުލަ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.
"ކުދީންނޭ، ބައިބައިނުވާތި! މީހުންނަށް އެހީވާތި!"
"ދައުލަތުގެ ބައި ސެންޓުވެސް ވިލާގެ ތިޖޫރިއަށް ނުވަދޭ"
ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވައިފި
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ވިލާ:ވިޔަފާރީގެ ބިޔަމަޝްރޫއުތައް ހިންގުމުގައި 36އަހަރު
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ
އެލާގެ ބަދަލުގައި ފެންފުށީ ފަޅު ހޯދަން ގާސިމް އެދިއްޖެ