Roadha Mihaaru
ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް މިމަހު ހުޅުވާލަނީ

ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލާން މި މަހު ހުޅުވަލަނީ

08 ޖުލައި 2022

ވިލިމާލޭގައި ހަދަމުން އަންނަ ދާއިމީ ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލާން މި މަހު ހުޅުވަލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި ހަދަމުން އަންނަ ދާއިމީ ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލާން މި މަހު ހުޅުވަލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލްގެ މީޑިއާ ވަޓްސްއެެޕް ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވިލިމާލެ ލޯކަލް މާރުކޭޓްގެ ގޮޅިތައް ދޫކުރާނެ އުސޫލާއި ޝަރުތުތައް ވެސް މި މަހު އިއުނާންކުރާނެ ކަމަށެވެ.

"[ގޮޅި] ކުއްޔަށް ނަގަން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ވެސް މި މަހުގެ ތެރޭގައި ހުޅުވާލާނެ،" މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ހަދަމުން އަންނަ ލޯކަލް މާރުކޭޓް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ހަދަމުން އަންނަ ލޯކަލް މާރުކޭޓް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވި ގޮތުގައި އެ މާރުކޭޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

މިދިޔަ ރޯދަމަހާ ދިމާކޮށް ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވަން ކައުންސިލުން މަސައްކަތްކުރި އެވެ. އެ ވަގުތީ މާރުކޭޓުގެ 12 ގޮޅި އަށް ކުރިމަތިލާން ހުޅުވާލުމުން 60 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި ނަމަވެސް އެ މީހުން އެ ގޮޅިތަކަށް ހުށަހެޅީ ދާއިމީ މާރުކޭޓުތައް ކަމަށް ހީކޮށްގެން ކަމަށް އޭރު ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ހަދަން ނިންމީ އެ އަވަށުގެ ރައްޔިތުން ކައުންސިލުގައި އެކަމަށް އެދުމުންނެވެ.