Roadha Mihaaru
ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސްމާރުކޭޓެއް ހުޅުވަނީ

ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވަނީ

04 ޖޫން 2021

ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މަރުކޭޓެއް ނެތުމުން ރައްޔިތުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އަދި އެކަން ހައްލުކޮށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި މާރުކޭޓުތައް ހުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ ތަންފީޒީ މަރުހަލާގެ މަސައްކަތްތަކެވެ. އަދި އަމަލީ މަަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެނާ ވިދާޅުވި އެވެ.

"ތަރުކާރީ ގަންނަންވިޔަސް މަސް ގަންނަން ވިޔަސް ބޮޑު ކަނޑެއް ހުރަސްކޮށްފައި އަންނަ މި ޖެހެނީ މާލެ. އެހެންވެ އަޅުގަނޑު ކެމްޕޭން ކުރި ދުވަސްވަރު ވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މިކަން. އަޅުގަނޑު އުއްމީދު ކުރަނީ ވީހާވެސް އަވަހަށް މި މަސައްކަތް ނިމި ވިލިމާލެ ރައްޔިތުންނަށް ހިދުމަތް ދޭން ފެށުން،" ނަހުލާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އަންނަނީ މާރުކޭޓު ހުޅުވުމުގެ އިތުރުން ވިލިމާލޭގެ ފެރީ ޓާމިނަލާއި ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި މަސައްކަތް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.