Roadha Mihaaru
ކަސްރަތާއި އުފާވެރިކަމާ ގުޅޭކަން އިތުރަށް ޔަގީންވެއްޖެ

ކަސްރަތާއި އުފާވެރިކަމާ ގުޅުން ހުންނަކަން އިތުރަށް ޔަގީންވެއްޖެ

13 ޖުލައި 2022

ކަސްރަތު ކުރުމަކީ އެކަމުގެ ސަބަބުން އެކި ފައިދާތައް ކުރާ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން ބަލިތަކުން ދުރުކުރުމަށް ވެސް ކަސްރަތު އެހީތެރިވެ ދެ އެވެ. އެކަމަކު މީހާގެ މޫޑު ރަނގަޅު ކޮށްދިނުމަކީ ވެސް ކަސްރަތުން ލިބޭ ފައިދާއެކެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކަސްރަތު ކުރުމަކީ އެކަމުގެ ސަބަބުން އެކި ފައިދާތައް ކުރާ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން ބަލިތަކުން ދުރުކުރުމަށް ވެސް ކަސްރަތު އެހީތެރިވެ ދެ އެވެ. އެކަމަކު މީހާގެ މޫޑު ރަނގަޅު ކޮށްދިނުމަކީ ވެސް ކަސްރަތުން ލިބޭ ފައިދާއެކެވެ.

ކަސްރަތު ކުރުމަކީ މީހާގެ މޫޑު ރަނގަޅުކޮށް އުފާވެރިކަން ގެނެސްދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެހީތެރިވެދޭ ކަމެއްކަން ފަހުގެ ދިރާސާއަކުން ވެސް ވަނީ ސާބިތުވެފަ އެވެ.

އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީގެ ޕަބްލިކް ހެލްތު ސްކޫލުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ކަސްރަތަކީ ޖިސްމާނީ ގޮތުން ފައިދާ ލިބުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ފައިދާ ލިބޭ ކަމެކެވެ.

.

.

"ހީކުރާ ވަރަށް ވުރެ ވެސް ބޮޑު ފައިދާއެއް ކުރޭ ނަފްސާނީ ގޮތުން. ކަސްރަތުކޮށް އާންމުކޮށް ދުވާ ނަމަ މީހާގެ އުފާވެރިކަން އިތުރުވާކަން އެނގިއްޖެ. މި ދެ ކަމުގައި ގުޅުން އެބަހުރި،" ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖެކް ރެގްލިން ބުންޏެވެ.

ރެގްލިން ބުނި ގޮތުގައި ކަސްރަތު ކުރާއިރު އިންސާނާގެ ހަށިގަނޑުން އެކި ކަހަލަ ހޯމޯން އުފައްދަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ހޯމޯން އަކީ އެންޑޯކެނިބިނޮއިޑްސް އެވެ. މިއީ އިންސާނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީ މޫޑު ރަނގަޅު ކޮށްދޭ ހޯމޯންއެކެވެ. ގިނައިން ކަސްރަތުކުރާ ވަރަކަށް މި ހޯމޯން އުފެދޭ މިންވަރު އިތުރުވާ ކަމަށް އޭނާ ބުންޏެވެ.

.

.

"މީގެ ނަތީޖާ ފެންނާނެ މުޅި ހަޔާތަށް ވެސް. އާންމުކޮށް ޑިޕްރެޝަން ކަހަލަ ނަފްސާނީ ބަލިތަކަށް ވެސް ކޮންމެވެސް ވަރަކަށް އެހީތެރިކަން ގެނެސްދޭ ކަމެއް ކަސްރަތު ކުރުމަކީ،" ރެގްލިން ބުންޏެވެ.

ރެގްލިން ދޭ ނަސޭހަތަކީ އާންމުކޮށް ކަސްރަތު ކުރުމެވެ. އަދި މީހާގެ އެންޑިއުރެންސް ވަރުގަދަކޮށް ކަސްރަތުތައް ވަރުގަދަ ކުރުމަށް އޭނާ ނަސޭހަތް ދެ އެވެ. އެއީ ވަރުގަދަ ކަސްރަތާއެކު މޫޑް ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.