ހަކުރުބަލި ހުރިތޯ ބެލުމުގެ ޓެސްޓް ހެދުމުގެ ހާއްސަ ޕެކޭޖުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ،
13 ޖުލައި 2022
ހަކުރުބަލި ހުރިތޯ ބެލުމުގެ ޓެސްޓް ހެދުމުގެ ހާއްސަ ޕެކޭޖުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ،
ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލުން ބޭސިކް އަދި ކޮމްޕްރިހެންސިވް ޕެކޭޖެއް ތައާރަފު ކޮށްފައިވާއިރު، ބޭސިކް ޕެކޭޖުގައި ހިމެނެނީ އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމާއި ކެއުން ބައްޓަން ކުރަންވީ ގޮތް ކިޔައިދޭނެ ޑައިޓިޝަނަކަށް ދެއްކުމާއި ހަކުރުބަލި ހުންނަ މީހުން ހަދަން ޖެހޭ މުހިންމު ޓެސްޓުތަކެވެ.
ކޮމްޕްރިހެންސިވް ޕެކޭޖު ހާއްސަ ކޮށްފައި ވަނީ އާންމު ބަލިތަކާއި ލޮލުގެ ޑޮކްޓަރަކަށާއި ޑައިޓިޝަނަކަށް ދެއްކުމަށާއި ހަކުރުބަލި ހުންނަ މީހުން ހަދަން ޖެހޭ މުހިންމު ޓެސްޓުތަކުގެ އިތުރުން ރޭޑިއޮލޮޖީގެ ހިދުމަތްތަކުގެ ތެރެއިން އަލްޓްރާސައުންޑް އަދި އެކޯކާޑިއޮގްރަފީ ޓެސްޓު ހެދުމަށެވެ.
- ފުލް ބްލަޑް ކައުންޓް
- ފާސްޓިން ބްލަޑް ކައުންޓް
- ދެ ގަޑިއިރު ޕޯސްޓް-ޕްރަންޑިއަލް ބްލަޑް ޝުގާ
- އެޗްބީއޭ1.ސީ
- ލިޕިޑް ޕްރޮފައިލް
- ލިވާ ޕްރޮފައިލް
- ރީނަލް ޕްރޮފައިލް
- ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން
- އީސީޖީ
ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަ އެ ޕެކޭޖުތައް ޑިޒައިން ކޮށްފައި ވަނީ ބަލި ހުރިތޯ ދެނެގަތުމަށާއި ބަލީގެ ނުރައްކާ ހުރި ވަރު ދެނެގަނެވޭ ގޮތަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ފަދަ ޕެކޭޖުތަކެއް ތައާރަފުކުރީ، ހަކުރުބަލި ރާއްޖޭގައި އާއްމުވެފައި ވުމާއެކު، އެއާ ގުޅިގެން ނުކުންނަ މައްސަލަތައް ކުރީކޮޅުގައި ދެނެގަތުމަށް އެހީތެރިވުމަށް ކަމަށެވެ. އަދި އުމުރުން 35 އަހަރުން މަތީގެ ކޮންމެ މީހަކީ ވެސް އެ ބައްޔަށް ޓެސްޓު ކުރަން ޖެހޭނެ މީހަކަށް ވާތީ، އެ ކަމަށް ލުޔެއް ހޯދައިދިނުމަކީ ވެސް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރުމުގެ އެއް ބޭނުން ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
އެ ޕެކޭޖުތަކާ ގުޅުން ހުރި އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޮޓްލައިން ނަމްބަރު 3351610 އިން ލިބޭނެ އެވެ.
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން