Roadha Mihaaru
ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ބޮޑުކޮށްފި

ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ތިން މަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފި

17 ޖުލައި 2022

ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފި އެވެ.

ކޯޓުތަކާބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން ޝަރީއަތް ހިނގަމުން ދަނިކޮށް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ނުވަތަ ޝަރީއަތުގެ ނިޒާމާ ޚހިލާފުވާ ފަދަ އަމަލެއްކޮށްފި ނަމަ ޖަލަށްލެވޭނީ ގިނަވެގެން 15 ދުވަހަށެވެ. އަދި ގޭގައި ބަންދު ކުރާ ނަމަ ކުރެވޭނީ ގިނަވެގެން އެއް މަހަށެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރިއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު އޮތީ ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ނުވަތަ ގޭ ބަންދުގެ ހުކުމަކަށް ބޮޑުކޮށްފަ އެވެ. އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިއަދެވެ.

ޖަލަށްލުމާއި ގޭ ބަންދުގެ އިތުރުން އެފަދަ ކަންކަމުގައި 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ކޯޓުތަކަށް އޮވެ އެވެ. އެކަމަކު ޖޫރިމަނާގެ އަދަދުތަކަށް މި އިސްލާހުގައި ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ކޯޓު ތެރޭގައި ފަނޑިޔާރާއި ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީ އަދި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ބައެއް މީހުން ޖަލަށްލާން މީގެ ކުރިން ހުކުމްކޮށްފައިވެ އެވެ.