Roadha Mihaaru
ސީރިއަސް ކުށްތައް މަދު، ކުދި ކުށްތައް އިތުރު: ޕޮލިސް

މިދިޔަ އަހަރު ސީރިއަސް ކުށްތައް މަދު، އެކަމަކު ކުދި ކުށްތައް އިތުރުވި: ފުލުހުން

01 ޖެނުއަރީ 2017

މިދިޔަ އަހަރު ހުށަހެޅުނު ސީރިއަސް ކުށްތަކުގެ އަދަދު މަދުވިޔަސް ކުދި ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ހުށަހެޅުނު ސީރިއަސް ކުށްތަކުގެ އަދަދު މަދުވިޔަސް ކުދި ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ސީރިއަސް ކުށުގެ މައްސަލަތައް ހުށަހެޅުނު މިންވަރު 2015 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު މަދެވެ. އެ ގޮތުން، ވައްކަމާއި މާރާމާރީ އާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ހިޔާނާތާއި މުދަލަށް ގެއްލުން ދިނުމާއި ގެވެށި އަނިޔާގެ މައްސަލަތައް މަދުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެކަމަކު، ކުދި ކުށްތަކުގެ ގޮތުގައި ބަލާ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ދެ ބާވަތުގެ އިތުރުން، ބައުންސް ޗެކުގެ މައްސަލަތަކާއި ވަގު ނޫޓާއި ސައްހަ ނޫން ލިޔުން އުފެއްދުމުގެ މައްސަލަތައް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދު ވެސް އޭގެ ކުރީ އަހަރަށް ވުރެ މަދެވެ.