17 ޖުލައި 2022
މާލޭގެ ކުޅިވަރު އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ކާރެއް ޖެހި މީހަކު މަރުވި އެކްސިޑެންޓުގައި އަނިޔާވި އެކަކު އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް އިއްޔެ ގެންގޮސްފި އެވެ.
މާލޭގެ ކުޅިވަރު އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ކާރެއް ޖެހި މީހަކު މަރުވި އެކްސިޑެންޓުގައި އަނިޔާވި އެކަކު އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް އިއްޔެ ގެންގޮސްފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ރަތް ކުލައިގެ ސްޕޯޓްސް ކާރު އެކްސިޑެންޓުވީ އާދަޔާ ހިލާފަށް ބާރަށް ދުއްވާފައި ދަނިކޮށް، ކޮންޓްރޯލުން ނެއްޓި އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި ފަސް މީހަކު ތިއްބެވެ. އެކަމަކު އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އޭގެ ތެރެއިން ގއ. މާމެންދޫ މަރިޔަމް އަމާނީ ރަޝީދު، 23 ވަނީ އެ ރޭ މަރުވެފަ އެވެ. އަނެއް ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހުނުއިރު ތިން މީހަކު އޭރު އޮތީ ވެންޓިލޭޓަރުގަ އެވެ.
އިތުރު ފަރުވާ އަށް އިއްޔެ އިންޑިއާގެ ކޮޗިން އަށް ގެންދިޔައީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި އެކެކެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ކޮޗިން އަށް ގެންދިޔައީ ނިއުރޯސާޖަރީއަކާއި އިތުރު ފަރުވާތަކެއް ވެސް ދިނުމަށް އޭނާ ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދިނުމުންނެވެ.
އޭނާ އަށް މިހާރު ފަރުވާދެމުންދަނީ އަމްރިތާ ހޮސްޕިޓަލުގަ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާދިން އިތުރު ދެ މީހުން މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް
ވާރޭވެހެމުންދަނިކޮށް އެ އެކްސިޑެންޓު ހިނގީ ރަތް ކުލައިގެ ކާރު މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި އެ ވަގުތު މަގުގެ އަނެއް ކޮޅުން ދުއްވި އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއްގައި ޖެހިގެންނެވެ. އެކަމަކު ކާރު އެނބުރެމުން ދިޔަ ވަގުތު އެމްޓީސީސީގެ ބަސް ޑްރައިވަރު ވަނީ ބަސް ހުއްޓައިފަ އެވެ. ބަހުގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ނުލިބެ ސަލާމަތްވީ އެހެންވެ އެވެ.
ކޮޗިންގައި އެކްސިޑެންޓެއްވެ 3 ދިވެހިންނަށް އަނިޔާވެއްޖެ
ކޮޗިންގައި ހިނގި އެކްސިޑެންޓުގައި ދިވެއްސަކަށް އަނިޔާ
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި
ކޮޗިންގެ އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް، އެކެއްގެ ހާލު ގޯސް
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި