އިންޑިއާގެ ކޮޗިންގައި މީގެ ތިން ދުވަސް ކުރިން ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު އަނިޔާވެއްޖެ އެވެ.
16 މާޗް 2022
އިންޑިއާގެ ކޮޗިންގައި މީގެ ތިން ދުވަސް ކުރިން ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ޒަހަމްވި އއ. ބޮޑުފޮޅުދޫ، ދެތަނޑިމާގެ، އާދަމް ޝަހީމްގެ އާއިލާ އިން ވާހަކަ ދެއްކި އަބްދުލް ޝުކޫރު މިއަދު ބުނީ، ޝަހީމް އަނިޔާވީ ރޭގަނޑު ކައިގެން ހިނގާފައި ގެއަށް ދަނިކޮށް، ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހުމުން ކަމަށެވެ.
ސައިކަލުން ޖެހުމާއެކު ޝަހީމް ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނީ ކަމަށް އާއިލާ އިން ބުންޏެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރު މޫނުމައްޗާއި ލޯ ކައިރިން ފަޅައިގެން ގޮސްފައި ހުރީ. ލޯ ކައިރިން ކަފައިގެން ގޮސްފައި ހުރި ތަނުން ލޭ މަނާ ނުވެގެން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރީ. ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފައިގެ އެކި ތަންތަނާއި ބޯ ފަޅައިގެން ގޮސްފައި ހުރީ،" ޝުކޫރު ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނިގޮތުގައި، ޝަހީމްގެ އެތެރެހައްޓަށް ޒަހަމެއް ނުލިބެ އެވެ. ނަމަވެސް ލޯ ކައިރިން ކަށިގަނޑު ބިންދައިގެން ގޮސްފައި ހުރުމުން ލޮލުގެ ކަޅި ނުހިފަހައްޓައި، ވެއްޓޭތީ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ޑޮކްޓަރު އެންގި އެވެ.
އެހެންވެ، އަންނަ ހުކުރު ދުވަހު އޮޕަރޭޝަން ކުރަން ވަނީ ނިންމައިފަ އެވެ. އެ އަށް ފަހު، މަދުވެގެން ހަފުތާއެއް ވަންދެން ހޮސްޕިޓަލްގައި މަޑުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޝުކޫރު ބުނެ އެވެ.
ބޮޑުފޮޅުދޫ ކުނިކޮށީގައި މަސައްކަތްކުރާ ޝަހީމް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަށުގެ ބަޔަކާއެކު އިންޑިއާ އަށް ދިޔައީ، އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އެންސްޕާ އިން ދީފައިވާ އެހީގައި ފުރޮޅުލީގޮނޑިއެއް ގަންނަން ވެގެންނެވެ.
ކޮޗިންގައި އެކްސިޑެންޓެއްވެ 3 ދިވެހިންނަށް އަނިޔާވެއްޖެ
ކޮޗިންގެ އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އެކަކު ރާއްޖެއިން ބޭރަށް
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ކޮޗިން/ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް
ރާއްޖެ-ކޮޗިން ކާގޯ ދަތުރުތައް ފަށައިފި
ކަރަންޓީނަށް ފަހު ފަރުވާ ފެށުމަކީ އަމްރިތާގެ ނިންމުމެއް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ޔޫންގެ އޮޕަރޭޝަން އަމްރިތާ އިން ކުރެވޭ: އާސަންދަ