Roadha Mihaaru
ކޮޗިންގެ އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ

ކޮޗިންގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ

24 މެއި 2017

އިންޑިއާގެ ކޮޗިންގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ކޮޗިންގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ އެވެ.

ދަންވަރު 2:00 ގައި ހިނގި އެކްސިޑެންޓުގައި މަރުވީ ރ. މަޑުއްވަރީ، އައިޝަތު ރާއިހާ 24، އެވެ.

އެކްސިޑެންޓް ހިނގީ ހޮސްޕިޓަލަށް ގޮސްފައި ކުރޮޅިއެއްގައި އެނބުރި ގެ އަށް ދަނިކޮށެވެ،

މި އެކްސިޑެންޓް ހިނގީ ރާއިހާމެން ތިބި ކުރޮޅި ހޮސްޕިޓަލް ކައިރިން ނައްޓާލިތަނާ ދުރުން އައި އެހެން ވެހިކަލެއް އެ ކުރޮޅީގައި ޖެހިގެން ކަމަށް އެނގިފައިވެ އެވެ. އެވަގުތު ކުރޮޅީގައި ރާއިހާއާ އެކު ހަތަރު އަންހެނަކު ތިއްބެވެ.

އެކްސިޑެންޓުގައި އެހެން އަންހެނެއްގެ ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދިނެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އަދި މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ރާއިހާ އާއި އޭނާގެ ފިރިމީހާ ކޮޗިން އަށް ދިޔައީ ބޭސްފަރުވާ އަކަށެވެ.