ކެފޭތަކާއި ފިހާރަތައް ހިންގާ ފަރާތްތައް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އަހުލުވެރިކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.
19 ޖުލައި 2022
ކެފޭތަކާއި ފިހާރަތައް ހިންގާ ފަރާތްތައް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އަހުލުވެރިކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި ކެފޭތަކާއި ފިހާރަތައް ހިންގާ މީހުން ދުންފަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އެ އިންސްޕެކްޝަނުގައި ކަމާ ގުޅޭ ދައުލަތުގެ އެހެން އިދާރާތައް ވެސް ބައިވެރިވާނެ ކަމަށެވެ.
އެ އިންސްޕެކްޝަނުގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ދެނެގަނެ، އެކަމުގެ މައުލޫމާތުދީ އިސްލާހުކުރުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދު (19 ޖުލައި 2022) އިން ފެށިގެން ކުރިއަށް ގެންދެވޭނެ.
— Health Protection Agency (@HPA_MV) July 19, 2022
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނެއް ވުޖޫދުވިތާ 12 އަހަރުވިޔަސް އެކަށީގެންވާ ގޮތެއްގައި ގާނޫނު ތަންފީޒުކުރަމުން ނުދެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ވަނީ ދުންފަތުގެ އިންތިއުމާލުކުރުން މަނާ ތަންތަން ކަނޑައަޅައި ޖޫރިމަނާއެއް ވެސް ކަނޑައަޅައިފަ އެވެ. ކެފޭ/ރެސްޓޯރެންޓާއި އާއްމު ތަންތަނުގައި އެއްވެސް ހަމައެއްލަމައެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރަމުން ދަނީ އިންޒާރުގެ ބޯޑުތައް ހަރުކޮށްފައި ހުއްޓަ އެވެެ. އެކަމަކު ގާނޫނު ތަންފީޒު ނުކުރެވޭތީ ގާނޫނަށް ބެލުމެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރުން އާންމެވެ.
އެ ގަވާއިދުގައި ހިމެނޭ އަނެއް ކަމަކީ ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފައި އޮތް އޮތުމެވެ. އެ ގަވާއިދަށް 2019 އިން ފެށިގެން އަމަލުކުރަން ފެށިތާ ކައިރީގައި ވަކިވަކި ސިނގިރޭޓް ވިއްކުމަށް ފިހާރަތަކުން ދެކޮޅު ހެދިޔަސް މިހާރު ސިނގިރޭޓް ވިއްކަނީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ.
ކެފޭ/ ރެސްޓޯރަންޓްތަކުގައި ވެސް ބަންދުކޮށްފައި އޮންނަ ތަންތަނުގައި ވެސް ސީޝާ ބުއިން އާންމު ކަމަށް ބަދަލުވެފައިވާއިރު ގާނޫނުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުއްދަ ދެވޭނީ އޭސީ ނެތް ހާމައަށް އޮންނަ ތަންތަނުގަ އެވެ. އެކަމަކު ގާނޫނީ ފިޔަވަޅު ނޭޅި އެ މައްސަލަ އޮތީ ބޮއްސުންލައިފަ އެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ދުންފަތް އިޝްތިހާރުކުރުން އާންމުވާތީ އިންޒާރުގެ ބަޔާނެއް
ސިނގިރޭޓް ފޮށީގައި ބިރުވެރި މަންޒަރުތައް!
އިންޒާރުގެ މަންޒަރު ނުޖަހައި ދުންފަތް އެތެރެކުރުން މަނާ
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ދުންފަތް އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާ!
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ