Roadha Mihaaru
ދެ އަހަރަކު އުފަންވި އެއްމާބަނޑު ދެބެއިން

ދެ އަހަރަކު އުފަންވި އެއްމާބަނޑު ދެބެއިން

03 ޖެނުއަރީ 2017

އެމެރިކާގެ ސެން ޑިއޭގޯގައި، އެއްމާބަނޑު ދެބެއިން ދެ އަހަރަކު އުފަންވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެމެރިކާގެ ސެން ޑިއޭގޯގައި، އެއްމާބަނޑު ދެބެއިން ދެ އަހަރަކު އުފަންވެއްޖެ އެވެ.

އެއް ކުއްޖަކު 2016 ގައި އުފަންވި އިރު މަދު މިނެޓްކޮޅެއް ފަހުން އަނެއްކުއްޖާ އުފަންވީ 2017 ގަ އެވެ. ޖެއިލީން އާއި ލުއިސް ވެލެންސިއާގެ ނަން ދީފައިވާ މި ދެބެއިން އެއްމާބަނޑު ކުދިންނަށް ވިޔަސް މި ކުދިންގެ އުފަން ދުވަހެއް ވެސް، އުފަން އަހަރު ވެސް އެއްގޮތެއް ނުވެ އެވެ.

އެމެރިކާގެ މީޑިއާ އިން ބުނި ގޮތުގައި އެއްމާބަނޑު ދެ އަންހެންކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ އުފަންވީ 31 ޑިސެމްބަރުގެ ރޭގަނޑު 11:56 ގަ އެވެ. އަނެއް ކުއްޖާ އުފަންވީ ޖެނުއަރީ 1 ވަނަ ދުވަހުގެ ފުރަތަމަ މިނެޓް ތެރޭގަ އެވެ.

މިދިޔަ އަހަރު ވެސް ހަމަ މިގޮތަށް އެމެރިކާގައި އެއްމާބަނޑު ދެބެއިން އުފަންވި އެވެ. އެ ފަހަރު އަންހެންކުއްޖާ އުފަންވީ ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ 12 ޖަހަން އެންމެ މިނިޓެއް ހުއްޓަ އެވެ. އަނެއް ކުއްޖާ އުފަންވީ 12 ޖަހާ ދެ މިނިޓް ހިނގި ފަހުންނެވެ.