Roadha Mihaaru
އެއްމާބަނޑު ދެބެއިން، ހަގީ ކުރިން އުފަންވި ކުއްޖާ

އެއްމާބަނޑު ދެބެއިންގެ ތެރެއިން ފުރަތަމަ އުފަންވީ ހަގު ކުއްޖާ

16 ނޮވެމްބަރ 2016

މި އެއްމާބަނޑު ދެބެއިންގެ ތެރެއިން ދޮށީ އަދި ހަގީ ކޮން ކުއްޖެއްތޯ ސުވާލު އުފެއްދޭނެ އެވެ. ޑޮކްޓަރުން ބުނަނީ ހަގީ ކުރިން އުފަންވި ކުއްޖާ ކަމަށެވެ. އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މި އެއްމާބަނޑު ދެބެއިންގެ ތެރެއިން ދޮށީ އަދި ހަގީ ކޮން ކުއްޖެއްތޯ ސުވާލު އުފެއްދޭނެ އެވެ. ޑޮކްޓަރުން ބުނަނީ ހަގީ ކުރިން އުފަންވި ކުއްޖާ ކަމަށެވެ. އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟

ސެމުއެލް އާއި ރޯނަން އުފަންވީ ނޮވެމްބަރު 6 ވީ އާދީއްތަ ދުވަހު އެވެ. އެ ކުދިންގެ މައިންބަފައިންނަކީ އެމިލީ އާއި ސޭތު ޕީޓާސަން އެވެ.

އެމެރިކާގެ ކޭޕް ކޮޑް ހޮސްޕިޓަލްގައި މިކުދިން އުފަންވުމުގައި އެންމެ ހައިރާންކުރުވަނިވި ދައުރެއް ކުޅެފައި ވަނީ ވަގުތެވެ. ސެމުއަލް އުފަންވީ ދަންވަރު 1:39 ގަ އެވެ. ރޯނަން އުފަންވީ އޭގެ 31 މިނިޓް ފަހުންނެވެ. އެހެންކަމަށްވާ ނަމަ ދޮށީ ސެމުއަލް އެވެ. އެކަމަކު އެހެން ބުނެވޭކަށް ނެތެވެ.

ރޯނަން އުފަންވި ވަގުތު އެމެރިކާގެ ޑޭލައިޓް ސޭވިން ޓައިމް އެއް ގަޑިއިރު ފަހަތަށް ދިޔައީ އެވެ.

ކޭޕް ކޮޑް ހޮސްޕިޓަލުން އެ ދެބެއިންނާއި އެކުދިންގެ މަންމަ އާއި ބައްޕަގެ ފޮޓޮއަކާ އެކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ މި އަރަތެއް ކަހަލަ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ކުދިންގެ ބައްޕަ ސޭތު ބުނެފައި ވަނީ މިފަދަ ގޮތެއް ވެދާނެ ކަމަށް ކުރިން ވެސް ހީކުރެވުނު ކަމަށެވެ. ދެ ކުދިން ދެ ދުވަހު އުފަންވެދާނެ ކަމަށް ހީވި ކަމަށް ވެސް ސޭތު ބުންޏެވެ.

ކުދިން ވިއްސުމުގައި އުޅުނު ނަރުހެއް ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާގައި މިވީ 40 އަހަރުގެ ތެރޭގައި މިފަދަ ކަމެއް މި ނޫނީ ދިމައެއް ނުވެ އެވެ. މިއީ ވަރަށް މަދުން ދިމާވާ ހާލަތެއް ކަމަށާއި ދުރާލައި ރާވައިގެން މިފަދަ ކަމަކާ ދިމާ ނުވާނެ ކަމަށް އޭނާ ބުންޏެވެ.