24 ޖުލައި 2022
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން މިލިއަނުން ފައިސާ ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ. އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޝަނުން މިހާރު ކުރަމުން އަންނަނީ އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން މިލިއަނުން ފައިސާ ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ. އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޝަނުން މިހާރު ކުރަމުން އަންނަނީ އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީއަށް އެ ހިޔާނާތުގެ މައްސަލަ ހުށަހެޅީ ކައުންސިލްގެ ބެލެނިވެރި ފަރާތް، އެލްޖީއޭއިންނެވެ.
އެ އޮތޯރިޓީން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ފައިސާ ބަހައިފަ އެވެ.
އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837ރ. އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048ރ. ލިބިފައިވާކަން ރިޕޯޓުން އެނގެ އެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666ރ. އާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް ވެސް 165،200ރ. ޖަމާވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓަށް ދެން ޖަމާވެފައި ވަނީ ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހަށެވެ. ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފަ އެވެ.
އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ. ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.
ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ނަމަވެސް އެކަން ދިފާއުކޮށް ދުވާފަރު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ. އަދި އެލްޖީއޭގެ ރިޕޯޓަށް ކައުންސިލުން ޖަވާބުދިނުމަށް ފުރުސަތު ދިނުމަށްފަހު، އެކަމަށް ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
"މިކަމަށް މި އިދާރާއިން ޖަވާބެއް ދިނުމަށް އެކަށީގެންވާ މުއްދަތަކަށް ޖުލައި 18، 2020 ވަނަ ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަން ވެސް ފާހަގަކޮށްލަމެވެ. ނަމަވެސް، އެ ސިޓީއަށް ޖަވާބެއް ދިނުމެއް ނެތި ރިޕޯޓު އާއްމުކުރި ކުރުން މި އިދާރާއިން ކުށްވެރިކުރަމެވެ،" ހަތް މެމްބަރުންގެ ތެރެއިން، ހަ މެމްބަރުންގެ ސޮޔާ އެކު ނެރުނު ބަޔާނުގައި ބުންޏެވެ.
ދުވާފަރު ކައުންސިލްގެ މެޖޯރިޓީ އޮތީ، ޕީޕީއެމަށެވެ. އެ ޕާޓީގެ ފަސް މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބަރުން ތިއްބަވަ އެވެ.
ކައުންސިލުން ބުނީ ހަރަދު ކުރުމުގައި ފާއިތުވި އަހަރު އަމަލުކޮށްފައިވަނީ ކުރިން ވެސް އަމަލުކޮށްފައިވާ އުސޫލާއި ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެ ކައުންސިލުން ކޮށްފައިވާ ހުރިހާ ހަރަދެއްގެ ތަފްސީލް އެ އިދާރާގައި ހުންނާނެ ކަމަށާއި އަދި ކައުންސިލުން ކޮށްފައިވާ ހަރަދުގެ ފުރިހަމަ ތަފްސީލް ރައްޔިތުންނަށް އާއްމުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތު މައްސަލަ ބަލަނީ
ދުވާފަރު ކައުންސިލް: މުޅި ނިޒާމަށް ވެސް ބޮޑު ޝޮކެއް!
ދުވާފަރު ކައުންސިލްގެ މެމްބަރުންނަށް ދައުވާކުރަނީ
ދުވާފަރު ބޮޑު ހިޔާނާތް: ކައުންސިލަރުން ސަސްޕެންޑްކޮށްފި
ދުވާފަރު ކައުންސިލްގެ ޚިޔާނާތް ޑިއުޓީ ޕްރޮސެކިއުޝަނަށް
ދުވާފަރު ކައުންސިލްގެ މައްސަލަ ދަނީ ބަލަމުން: އޭސީސީ
ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަނީ
ޒަކާތާ ގުޅޭ ގޮތުން އެލްޖީއޭއިން ބުނާ ވާހަކަ ދޮގުކޮށްފި
ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް ފަޅާއަރައިފި
އޭސީސީން އެދުނު ހުރިހާ ލިޔުމެއް ހިއްސާކޮށްފިން: ހީނާ