Roadha Mihaaru
ދުވާފަރު ކައުންސިލްގެ ޚިޔާނާތް ޑިއުޓީ ޕްރޮސެކިއުޝަނަށް

ދުވާފަރު ކައުންސިލްގެ ޚިޔާނާތް: ތަހުގީގު ނިމި، ޑިއުޓީ ޕްރޮސެކިއުޝަނަށް

08 އޮކްޓޯބަރ 2022

ރ. ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައެއް މުވައްޒަފުން ހިމެނޭ ގޮތަށް ހިންގާ ބޮޑު ޚިޔާނާތުގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައެއް މުވައްޒަފުން ހިމެނޭ ގޮތަށް ހިންގާ ބޮޑު ޚިޔާނާތުގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުން އެ ކައުންސިލަށް ލިބޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލު ކުރުމާއި މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ގަވާއިދުތަކާ ޚިލާފަށް ކުރަމުންދިޔަ މައްސަލައެއް ފެންމަތިވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ރިޕޯޓަކުންނެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 12 މީހަކު ހިންގާފައިވާ މުއާމަލާތްތައް ބެލިއިރު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތައް ގަވާއިދުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގު މިދިޔަ މަހުގެ 30 ވަނަ ދުވަހު ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނިގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މައްސަލަ މިހާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގަ އެވެ. އަދި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހިމެނޭހެން ފަހުން އެ މައްސަލާގެ މައުލޫމާތު އާންމުކުރާނެ ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު އޭސީސީއަށް ފުލުހުންނަށް ވެސް އެލްޖީއޭއިން މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި ތުހުމަތު ކުރެވޭ ކައުންސިލް މެމްބަރުންނަށް ފިޔަވަޅު ނާޅާތީ އެލްޖީއޭއަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު އެލްޖީއޭއިން ބުނެފައިވަނީ ފިޔަވަޅު އަޅާނީ އިޖްރައާތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.