ޓީޒާއަކާ އެކު ބޮލީވުޑްގެ ޒުވާން ތަރި، ޓައިގާ ޝްރިފާއި ތެލޫގޫ ތަރި، ރަޝްމިކާ މަންޑަންނާ ލީޑް ރޯލު ކުޅޭ ފިލްމު "ސްކްރޫ ދީލާ" އިއުލާންކޮށްފި އެވެ.
ޓީޒާއަކާ އެކު ބޮލީވުޑްގެ ޒުވާން ތަރި، ޓައިގާ ޝްރިފާއި ތެލޫގޫ ތަރި، ރަޝްމިކާ މަންޑަންނާ ލީޑް ރޯލު ކުޅޭ ފިލްމު "ސްކްރޫ ދީލާ" އިއުލާންކޮށްފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ އެ ފިލްމަކީ އެކްޝަން ފިލްމެކެވެ.
ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ އެ ފިލްމު އިއުލާންކޮށް، ނެރުނު ޓީޒާ ފެށެނީ މީހަކު ޓައިގާގެ ގައިގައި ތަޅާ މަންޒަރަކުންނެވެ. އެކަމަކު އެއީ ޕީޓީ ޓީޗަރެއް ކަމަށާއި އެ މީހާ އަށް އޮޅުނީ ކަމަށް ބުނެ ޓައިގާ ވާހަކަ ދައްކަ އެވެ.
ނަމަވެސް އެ ސީން ބަދަލުވަނީ އަންހެނަކު ޓައިގާ އަށް ޖޯނީއޭ ކިޔައި ގޮވާ އަޑާ އެކު އެވެ. އެ ހިސާބުން ދެ މީހުން ތަޅައިގަނެ ވަރަށް ސީރިއަސް އެކްޝަން މަންޒަރުތަކެއް ފެނެ އެވެ. ޓީޒާ ނިންމާލަނީ އެ ފިރިހެން މީހާ ގާުތު ޓައިގާއަކީ ކާކުތޯ ސުވާލު ކުރާ ހިސާބުންނެވެ.
ފިލްމުގެ ލީޑް އެކްޓަރު އިއުލާންކުރި ނަމަވެސް އެ ފިލްމުގެ ބަތަލާ އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސްކްރޫ ދީލާގެ ބަތަލާއަކީ ރަޝްމިކާ އެވެ. ރަޝްމިކާ އެންމެ ފަހުން ކުޅުނީ ތެލޫގޫ ފިލްމު "ޕުޝްޕާ: ދަ ރައިޒް" އެވެ. އެ ފިލްމާއެކު ބޮލީވުޑްގައި ވެސް އޭނާގެ ނަން މަޝްހޫރުވެ، ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.
ޓައިގާ އެންމެ ފަހުން ކުޅެފައި ވަނީ "ހީރޯޕަންތީ 2" އެކެވެ.
ޓައިގާ އާއި ރަޝްމިކާގެ ފިލްމު ރިލިޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި
ސާރާގެ ބަދަލުގައި ޓައިގާގެ އާ ފިލްމަށް ދިޝާ
ޓައިގާއާއި ރަޝްމިކާގެ ފިލްމުގެ މަސައްކަތް މަޑުޖެހިއްޖެ
ޓައިގާ ބުނަނީ އަކަންކްޝާއާ ގުޅުމެއް ނެތް ކަމަށް
ޝަޝަންކްގެ ކުރިއަށް އޮތް ފިލްމުގައި ޓައިގާ ފެންނާނެ
"ހީރޯޕަންތީ 2"ގެ އިތުރު ޓްރެއިލާއެއް ނެރެފި
"ހީރޯޕަންތީ 2" ގެ ޓްރެއިލާ ނެރެފި
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ
ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން: ޑިޝާ