ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2"ގެ އިތުރު ޓްރެއިލާއެއް ނެރެފި އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2"ގެ އިތުރު ޓްރެއިލާއެއް ނެރެފި އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އޮފިޝަލް ޓްރެއިލާ ދޫކޮށްލާފައިވާ "ހީރޯޕަންތީ 2"ގެ އާ ޓްރެއިލާ އިން ވެސް ފެންނަނީ ވަރުގަދަ އެކްޝަން ސީންތަކެކެވެ.
ހީރޯޕަންތީގެ ފުރަތަމަ ބައިން ވެސް ފެނުނު ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެންނަ، އެ ފިލްމުގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. އަދި ވިލަންގެ ރޯލުން ފެންނާނީ ނަވާޒުއްދީން ސިއްދީގެވެ. އިއްޔެ އާންމުކުރި ދެ މިނެޓާއި 20 ސިކުންތުގެ ޓްރެއިލާގައި މައިގަނޑު ގޮތެއްގައި ފެންނަނީ ލައިލާ ހިންގާ ބޮޑު ސައިބާ ކްރައިމަކުން ގައުމު ސަލާމަތްކުރުމަށް ބަބްލޫ ކުރާ މަަސައްކަތްތަކެކެވެ.
އެ ފިލްމުގައި ލައިލާގެ ރޯލުން ކުޅެނީ ނަވާޒުއްދީނު ސިއްދީގެވެ. އަދި ބަބްލޫގެ ރޯލުން ފެންނާނީ ޓައިގާ އެވެ. އެ ގައުމުގެ އެންމެންގެ ބޭންކް އެކައުންޓްތަކުން ފައިސާތައް ދަވާލުމަށް ލައިލާ ދުރާލައި ރާވައިގެން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލުމަށް ބަބްލޫ މަސައްކަތްކުރާ މަންޒަރު ފެނެ އެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި ބަބްލޫގެ މަންމަގެ ރޯލު ކުޅެނީ ބޮލީވުޑްގެ މަޝްހޫރު އަމްރިތާ ސިންގެވެ.
މާޝަލް އާޓްސްގައި ކުޅަދާނާ ޓައިގާގެ މޮޅުކަމާއި ވަރުގަދަކަން ދައްކައިދޭ ބޮޑެތި ސީންތަކެއް ވެސް އެ ފިލްމުން ފެންނާނެ އެވެ.
އެ ފިލްމުގައި މަހުޖަނެއްގެ ރޯލުން ފެންނަ ތާރާ، ބަބްލޫއާ ހިތާވެގެން އޭނާގެ މަސައްކަތް ކާމިޔާބުކޮށްދިނުމުގައި ވެސް މުހިން،މު ރޯލެއް ކުޅޭނެ ކަމަށްވެ އެވެ.
"ހީރޯޕަންތީ 2" އަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލްއެކެވެ. މި ފަހަރު ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ބަތަލާ ވެސް ބަދަލުވެފައިވާއިރު، ކުރީގެ ފިލްމު ޑައިރެކްޓްކުރީ ސަބީރް ޚާނެވެ. އަދި ބަތަލާގެ ރޯލު ކުޅުނީ ކްރިތީ ސެނޯން އެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ މި މަހު 29 އިން ފެށިގެންނެވެ.
"ހީރޯޕަންތީ 2" ގެ ޓްރެއިލާ ނެރެފި
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
"ހުތުރު" ކަމަށް ބުނެ ތަފާތުކުރޭ: ނަވާޒުއްދީން
"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި
ސާރާގެ ބަދަލުގައި ޓައިގާގެ އާ ފިލްމަށް ދިޝާ
ޓައިގާއާއި ރަޝްމިކާގެ ފިލްމުގެ މަސައްކަތް މަޑުޖެހިއްޖެ
ޓައިގާ ބުނަނީ އަކަންކްޝާއާ ގުޅުމެއް ނެތް ކަމަށް
ޓައިގާ އާއި ރަޝްމިކާގެ "ސްކްރޫ ދީލާ" އިއުލާންކޮށްފި
ޝަޝަންކްގެ ކުރިއަށް އޮތް ފިލްމުގައި ޓައިގާ ފެންނާނެ
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ