ބޮލީވުޑްގެ ތަރި، ޓައިގާ ޝްރޮފާއި ރަޝްމިކާ މަންދަން ލީޑު ރޯލު ކުޅޭ ފިލްމު، "ސްކްރޫ ދީލާ" ގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ތަރި، ޓައިގާ ޝްރޮފާއި ރަޝްމިކާ މަންދަން ލީޑު ރޯލު ކުޅޭ ފިލްމު، "ސްކްރޫ ދީލާ" ގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރުވަމުން އަންނަ ޑައިރެކްޓަރު ޝަޝަންކް ކައިތަންގެ އެ ފިލްމަކީ 150 ކްރޯޑް ރުޕީސް ބަޖެޓަކާ އެކު އުފައްދާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ މަސައްކަތް މަޑުޖެހިފައި ވަނީ ޓައިގާގެ އެންމެ ފަހުގެ ފިލްމު، "ހީރޯޕަންތީ 2" އަކަށް ބޮކްސްއޮފީހުން މާބޮޑު ތަރުހީބެއް ނުލިބުމުންނެވެ. އެހެންވެ އެހާ ބޮޑު ބަޖެޓަކުން ފިލްމު އުފައްދައިގެން ފައިދާއެއް ނުލިބިދާނެ ކަމުގެ ބިރަށް އެ ފިލްމުގެ މަސައްކަތް އޮފީ ހުއްޓިފައި ކަމަށްވެ އެވެ.
އެ ފިލްމުގެ މަސައްކަތް ފެށުމަށް ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ ތެރޭގަ އެވެ. ފިލްމު މަޑުޖެހިފައިވާ ކަމަށް ރިޕޯޓްކުރިޔަސް އެ ޓީމުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މިދުވަސްވަރަކީ ބޮކްސްއޮފީހުގައި ފިލްމަށް ތަރުހީބު ރަނގަޅުވާނެކަމަށް ލަފާކުރަން ވެސް ދަތި ދުވަސްވަރެކެވެ. އެންމެ ފަހުން ބޮޑު ފްލޮޕަކަށްވީ ބޮކްސްއޮފީހުގައި ރަސްކަން ކުރި އާމިރު ޚާންގެ ފިލްމެކެވެ. ކަރީނާ ކަޕޫރާ އެކު އާމިރު ކުޅެފައިވާ "ލާލް ސިންގް ޗައްދާ" ފްލޮޕްވިއިރު އަކްޝޭ ކުމާރު ކުޅުނު ފިލްމު "ރަކްޝާ ބަންދަން" ވެސް ފްލޮޕްވީ އެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ފްލޮޕްވަމުންދާތީ ތަރިންނާއި ޑައިރެކްޓަރުން ވެސް ކަންބޮޑުވެފައި ތިބިއިރު މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ބައެއް ފިލްމުތައް ބޮއިކޮޓްކުރުމަށް ގޮވާލާ ވެސް ސޯޝަލް މީޑިއާއި ކެމްޕެއިން ކުރަމުން އެބަދެ އެވެ.
މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ލިބުނީ ޒުވާން ތަރި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" އަކަށެވެ.
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި
ސާރާގެ ބަދަލުގައި ޓައިގާގެ އާ ފިލްމަށް ދިޝާ
ޓައިގާ ބުނަނީ އަކަންކްޝާއާ ގުޅުމެއް ނެތް ކަމަށް
ޓައިގާ އާއި ރަޝްމިކާގެ "ސްކްރޫ ދީލާ" އިއުލާންކޮށްފި
ޝަޝަންކްގެ ކުރިއަށް އޮތް ފިލްމުގައި ޓައިގާ ފެންނާނެ
"ހީރޯޕަންތީ 2"ގެ އިތުރު ޓްރެއިލާއެއް ނެރެފި
"ހީރޯޕަންތީ 2" ގެ ޓްރެއިލާ ނެރެފި
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ
ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން: ޑިޝާ