Roadha Mihaaru

ޓައިގާ ބުނަނީ އަކަންކްޝާއާ ގުޅުމެއް ނެތް ކަމަށް

ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑު، ޓައިގާ ޝްރޮފާއި އެކްޓްރެސް ދިޝާ ޕަޓާނީ ވަކިވި ހަބަރުން ސަޕޯޓަރުން މާޔޫސްވެފައި ތިއްބާ، ޓަައިގާ އާ ލޯބިވެރިޔަކު ހޯދާފައިވާ ކަމަށް އަޑުއަރައިފި އެވެ. އެކަމަކު ޓައިގާ ބުނަނީ އެއީ އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.

ޓައިގާ އާއި ދިޝާ ރައްޓެހިވިކަމުގެ އަޑުއެރީ 2017 ގައި އެ މީހުން އެކުގައި ފިލްމު، "ބާގީ" ކުޅުނުއިރު އެވެ. އޭގެ ފަހުން ދެ ތަރިން ފެނުނީ ވަރަށް ލޯބިން އުޅޭ މަންޒަރެވެ. އެކަކު އަނެކަކުގެ މައިންބަފައިންނާ ވެސް ގާތްކޮށް އެ މީހުން ފެނި އެތައް ފަހަރަކު ދެ ތަރިން އެކުގައި ރާއްޖެއަށް ވެސް ޗުއްޓީ ހޭދަކޮށްލަން އަ އެވެ.

އެކަމަކު މިދިޔަ މަހުގެ ތެރޭގައި ދެ ތަރިން ރުޅިވެފައިވާ ކަމަށް އެ މީހުންގެ ގާތް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މާގިނަ ދުވަސްތަކެއް ނުވެ، ޓައިގާގެ ހަޔާތަށް އެހެން މީހަކު އައިސްފައިވާ ކަމަށް އަޑު ފެތުރިފައި މިވަނީ ސޯޝަލް މީޑިއާގައި ދެ މީހުންގެ ޕޯސްޓްތަކަށް ކޮމެންޓްކުރާކަން ފާހަގަވުމުންނެވެ.

ޓައިގާގެ އާ ބައިވެރިއަކީ ނެށުންތެރިޔާ އަދި މޮޑެލްއެއް ކަމަށްވާ، އަކަންކްޝާ ޝަރްމާ ކަމަށް ބުނެ އަޑު ފެތުރިޔަސް އެކަން ޓައިގާ ދޮގުކުރެ އެވެ. އޭނާއާ އަކަންކްޝާގެ މެދުގައި އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ދިޝާއާ ރުޅިވިކަމެއް ނުވާ ކަމެއް ވެސް ކަށަވަރުކޮށް ނުދެ އެވެ.

ޓައިގާ ޝްރޮފާއި އަކަންކްޝާ ޝަރްމާ.

ޓައިގާ ޝްރޮފާއި އަކަންކްޝާ ޝަރްމާ.

އަކަންކްޝާއަކީ މިދިޔަ އަހަރު ނެރުނު ލަވަ "ކަސްނޯވާ" އާއި "އައި އޭމް އަ ޑިސްކޯ ޑާންސާ" ލަވައިން ޓައިގާއާ އެކު ފެނުނު ތަރި އެވެ. އޭނާ ވަނީ އޭ ލިސްޓުގެ ގިނަ ތަރިންތަކަކާ އެކު އިޝްތިހާރުތަކުން ފެނިފަ އެވެ.