Roadha Mihaaru

"މޯލްޑިވްސް ޕްރޯ 2022" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ޕްރޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 ޖުލައި 2022

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އިތުރުން އެހެން 10 ގައުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ މި އިވެންޓަކީ އައިބީސީ ވޯލްޑް ޓުއާއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ. ދިރާގުން ބުނީ މިފަދަ ތާރީހީ ހަރަކާތަކަށް އެ ކުންފުނިން އެއްބާރުލުން ދޭން ލިބުމަކީ ފަހުރެއް ކަމަށެވެ.

އައިބީސީ ވޯލްޑް ޓުއާއަކީ ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއާ އިވެންޓެކެވެ. މިއަހަރުގެ އައިބީސީ ވޯލްޑް ޓުއާ ގައި 6 ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެ އެވެ.

ރާއްޖޭގައި ބާއްވާ އެ އިވެންޓުގެ ހަރަކާތްތައް ކުރިއަށް ދާނީ މި މަހު 29 އިން އަންނަ މަހުގެ ހަތަކަށެވެ. އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.