Roadha Mihaaru

ލަންކާގެ ގަދަ ވިއްސާރަ: ދިރާގުގެ ކަސްޓަމަރުންނަށް ހަފުތާއަކަށް ލަންކާ އަށް ހިލޭ ގުޅޭނެ

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ގޮސް އުޅޭ ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާއާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހަފުތާއެއްގެ މުއްދަތަށް ހިލޭ ގުޅޭނެ އެޑް-އޮން އެއް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

28 ނޮވެމްބަރ 2025

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ގޮސް އުޅޭ ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާއާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހަފުތާއެއްގެ މުއްދަތަށް ހިލޭ ގުޅޭނެ އެޑް-އޮން އެއް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.

މި އެޑް އޮން އެކްޓިވޭޓު ކޮށްގެން އެއް ހަފްތާ ވަންދެން ލަންކާއަށް ހިލޭ ގުޅޭނެ އެވެ. އެޑް-އޮން އެކްޓިވޭޓު ކުރެވޭނީ މާދަމާގެ ނިޔަލަށް #225* އަށް ޑައިލް ކޮށްގެންނެވެ.

ދިރާގުން ބުނިގޮތުގައި އެ އެޑްއޮން އެކްޓިވޭޓް ކުރުމުން 30 މިނެޓް ވަންދެން ހިލޭ ގުޅޭނެ އެވެ.

ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ"ގެ ސަބަބުން ލަންކާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، އެކި އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ދިރާގުން ބުނީ މި ދަތި ވަގުތު، އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ފަސޭހައިން ގުޅޭނެ މަގު ތަނަވަސްކޮށް ދިނުމަށް ކަމަށެވެ.