Roadha Mihaaru
ކުޑަގިރި އާންމުންނަށް ހުޅުވާނީ ތިން މަސް ފަހުން

ކުޑަގިރި އާންމުންނަށް ހުޅުވާނީ ތިން މަސް ފަހުން

28 ޖުލައި 2022

މިނިވަން ދުވަހު ހުޅުވަން އިއުލާނު ކުރި ކ. ކުޑަގިރި އާންމުންނަށް ހުޅުވާލާނީ އަދި ތިން މަހެއްހާ ދުވަސް ފަހުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިވަން ދުވަހު ހުޅުވަން އިއުލާނު ކުރި ކ. ކުޑަގިރި އާންމުންނަށް ހުޅުވާލާނީ އަދި ތިން މަހެއްހާ ދުވަސް ފަހުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރި ހުޅުވުން ލަސް ވަނީ އެ ރަށް މިހާރަށް ވުރެ ފެހި ކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"ރައީސް ބޭނުންފުޅު ވަނީ އެތަން ހުޅުވާ އިރު އެތަނަކީ އާންމުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި އޮންނަން. އަދި ފެހި ރަށެއްގެ ގޮތުގައި ފެންނަން،" އޭނާ ވިދާޅުވި އެވެ.

ކުޑަގިރި. އެރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރެވުނު--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ކުޑަގިރި. އެރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރެވުނު--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އޮފިޝަލް ވިދާޅުވީ، އެ ރަށުގައި މިހާރު ވެސް ގަސް އިންދިފައިވާ އިރު، ރަށް އެއްކޮށް ފެހި ކުރަން ތިން މަސް ވަރު ހޭދަވާނެ ކަމަށެވެ. އެ ރަށަށް ބޭނުންވާ ހުރިހާ އިމާރާތްތަކުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.

އެ ރަށް ތަރައްގީ ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ރަށުގެ ކަރަންޓް ނެކްވޯކްގެ ބައެއް މަސައްކަތްތައް ސްޓެލްކޯއިން ކުރި އިރު އެ ރަށުގެ ކަރަންޓް ހިދުމަތް ދެނީ ފެނަކައިންނެވެ.

ޕިކްނިކް އައިލެންޑް ހަދަނީ ކުޑަގިރީގެ ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވި އެވެ.

އެ ރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ހަމަޖެހިފަ އެވެ.