07 ޖުލައި 2022
މާލޭ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގެ މަސައްކަތް ނިންމާ މި މަހުގެ 26 ގައި އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މާލޭ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގެ މަސައްކަތް ނިންމާ މި މަހުގެ 26 ގައި އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް ދާނެ ތަނެއް ހަދަނީ މާލޭގެ މީހުންނަށް އާއިލާ އާއި ރައްޓެހިންނާ އެކު ދަތުރު ދާނެ ރަށެއް މި ސަރަހައްދުގައި ވެސް ނެތިގެންނެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަމުން އަންނައިރު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41 މިލިއަން ރުފިޔާއަށެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކުރަނީ ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެތަނާ ކައިރީގައި ސޭންޑްބޭންކެއް ގޮތަށް 1.5 ހެކްޓަރުގެ ރަށެއް ހެދުމަށް ވެސް ރޭވި އެވެ.
ޕިކްނިކް ދާ މީހުން ފެންވެރޭނެ ގޮތް ހެދުމަށް އެތަނުގައި ފާހާނާ އާއި ކޮޓަރި ވެސް ހަދަމުން އަންނަ އިރު އެތަނުގައި މިސްކިތެއް ވެސް ވަނީ ހަދައިފަ އެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރާ އެ ރަށުގައި އާންމުންނަށް ކައްކައި ކެވޭނެ އިންތިޒާމުތައް ހުންނާނީ ހަމަޖައްސައިފަ އެވެ. އަދި ކުނި އެޅުމަށް އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ވެސް ބަހައްޓާނެ އެވެ.
ރަށް އާންމުންނަށް ހުޅުވާލުމުގެ ކުރިން އެތަން ފެހިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަދެ އެވެ. އެކި ކުންފުނިތަކުން އެ ރަށަށް ޒިޔާރާތްކޮށް ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ.
ކުރިން ސަރުކާރުން ވަނީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް ވެސް އާންމުކޮށްފަ އެވެ.
އެނބޫދޫފަޅުން ހިއްކާފައިވާ ރަށެއް ޕިކްނިކް ދިއުމަށް ކަނޑައަޅާ 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް ވިދާޅުވީ އެ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދަތުރު ދިއުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުންކުރަން ކަމަަށެވެ. އެކަމަކު ސަރުކާރުގެ ނިންމުން ބަދަލުކޮށް ފަހުން ނިންމީ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާށެވެ.
ކުޑަގިރި އާންމުންނަށް ހުޅުވާނީ ތިން މަސް ފަހުން
ކުޑަގިރި މިސްކިތުގެ މަސައްކަތް ނިމެނީ
މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި
މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކައި ނިމިއްޖެ
ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބިން ހިއްކައި ނިމިއްޖެ
ޕިކްނިކް އައިލެންޑް ހަދަން މިފަހަރު އާ ރަށެއް
އެމްޓީސީސީން ހުޅުމާލެ ފޭސް 2ގެ ބީޗު ސާފުކޮށްފި
އެމްޓީސީސީގެ ސުޕަވައިޒަރުންގެ މަހާސިންތާ ބާއްވައިފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ