ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓް މެދުވެރިކޮށް ރާއްޖެއިން ބޭރުން ނަގުދު ފައިސާ ނަގާ ނަމަ ރެމިޓެންސް ނަގަން ފަށަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭންކްތަކަށް އަންގައިފި އެވެ.
03 ޖެނުއަރީ 2017
ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓް މެދުވެރިކޮށް ރާއްޖެއިން ބޭރުން ނަގުދު ފައިސާ ނަގާ ނަމަ ރެމިޓެންސް ނަގަން ފަށަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭންކްތަކަށް އަންގައިފި އެވެ.
މީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ރެމިޓެންސް ޓެކްސް ގަވާއިދުގެ ހަތް ވަނަ މާއްދާ ބުނަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނެގުމުގެ މުއާމަލާތްތަކުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ތާރީހަކުން ފެށިގެން ރެމިޓެންސް ޓެކްސް ނަގަން ޖެހޭ ކަމަށެވެ. އެހެންކަމުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ނަގަން ޖެހޭ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެ އިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާ މުޢާމަލާތްތަކުން 1 ޖަނަވަރީ 2017 އިން ފެށިގެން ރެމިޓެންސް ޓެކްސް ނެގުމަށް ހުރިހާ ބޭންކުތަކަށް ހަނދާންކޮށްދެމެވެ. 1 ޖަނަވަރީ 2017 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ކުރާ މި ފަދަ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނަގަން ޖެހޭނެ އެވެ." މީރާގެ ސާކިއުލާގައި ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކު ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓްގެ ރެމިޓެންސް ޓެކްސްއެއް މިދިޔަ އޮކްޓޯބަރުގެ 1 އިން ފެށިގެން ނަގަން ވަނީ ފަށައިފަ އެވެ.
ޖެނުއަރީން ފެށިގެން ރެމިޓެންސް ޓެކްސް ނުނަގާނެ
ޓެކްސް ނުދައްކަން އެތައް ހާސް ޑޮލަރު ބޭރުކުރަން އުޅެފި
ބިދޭސީންގެ ފައިސާ މީހަކު ގެންދާ ނަމަ ޖޫރިމަނާ ކުރަނީ
ވިސާގެ ސައްހަކަން ކަށަވަރު ނުވާ ނަމަ ރެމިޓެންސް ނަގާނެ
އާމްދަނީ 19 ޕަސެންޓު ވެއްޓިއްޖެ
ޔޮޓް ޓުއާޒްގެ އެކައުންޓް ފްރީޒްކުރީ ގޯސްކޮށް: ހުކުމް
28 ބިލިއަންގެ އާމްދަނީއެއް މީރާ އަށް ބަލައިގަތް
ޓެކްސްގެ ލުއިތަކުން 26 ބިލިއަން ދައުލަތަށް ގެއްލިފައި
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ