އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބުން ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 އިން ކުރި ހޯދައި، ފަސް އަހަރު ފަހުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
02 އޯގަސްޓް 2022
އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބުން ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 އިން ކުރި ހޯދައި، ފަސް އަހަރު ފަހުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މާފަންނު ޓާފް ދަނޑުގައި ރޭ ކުޅުނު ގުރޫޕް ބީ ގެ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ނާއިލް އެވެ.
މިއީ ބީޖީ ސްޕޯޓްސް މިއަހަރުގެ މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗެވެ. އެޓީމު ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެފައި ވާއިރު، ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ދޮރު އެއްކޮށް ވަނީ ބަންދު ވެފަ އެވެ.
މިއީ 2014 އިން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް އެއްވަނަ ޑީވިޝަނުގައި ވާދަކުރި ބީޖީ ސްޕޯޓްސް ކުލަބް، އަލުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް އެންމެ ފަހުން މޮޅުވީ، އެ އަހަރު ލީގުގެ ފަހު މެޗުގައި ވިކްޓަރީ 1-0 އިންނެވެ. ނަމަވެސް އޭގެ ކުރީ މެޗުގައި ނިއު ރޭޑިއަންޓް އަތުން 1-1 އިން އެއްވަރު ވެގެން އެޓީމު ވަނީ ރެލިގޭޓްވެފަ އެވެ.
ނިއު އަތުން މޮޅު ނުވެވިގެން 2016 ވަނަ އަހަރު ރެލިގޭޓް ވުމުގެ ކުރިން ބީޖީ އިން ވަނީ މާޒިޔާ ސްޕޯޓްސްއާ 2-2 އިން އެއްވަރު ކޮށް، އޭގެ ކުރީ މެޗުގައި 2-1 އިން ވެލެންސިއާ ވެސް ބަލި ކޮށްފަ އެވެ. ނަމަވެސް ވެލެންސިއާ ބަލިކުރުމުގެ ކުރިން އެޓީމު ވަނީ ޓީސީ ސްޕޯޓްސް ކުލަބް އަތުން ބަލިވެފަ އެވެ.
ދިވެހި ޕްރިމިއާ ލީގަށް ފަހު އެ އަހަރުގެ އެފްއޭ ކަޕުގައި ބީޖީ ސްޕޯޓްސް ވާދަ ކުރި އެވެ. އެފްއޭ ކަޕް ޕްރިލިމިނަރީ ބުރުގައި އެއަހަރުގެ އޮކްޓޫބަރު މަހު ބީޖީ އިން ވަނީ ފަސޭހަ ކަމާ އެކު 8-0 އިން ވޭރު ސްޕޯޓްސް ކުލަބް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ކުއާޓާ ގައި ނިއު ވަނީ ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ބަލި ކޮށްފަ އެވެ.
މިފަހަރުގެ މުބާރާތަކީ ބީޖީ ސްޕޯޓްސް އަލުން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ބާއްވާ ހަތަރު ވަނަ ދެވަނަ ޑިވިޝަން މުބާރާތެވެ. ނަމަވެސް ރެލިގޭޝަނަށް ފަހު ބީޖީ ސްޕޯޓްސް ކުލަބް ޓީމަށް އަދި ކާމިޔާބެއް ހޯދޭގޮތެއް ނުވެ އެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުކޮށް، ފަހު މެޗުގައި ބަލިވި އިރު، އެޓީމަށް އެއްވެސް ގޯލެއް ނުޖެހެ އެވެ.
ޖެހިގެން އައި 2018 ވަނަ އަހަރު ގުރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވި އިރު ޖެހުނީ އެންމެ ގޯލެކެވެ. އެއީ ފަހު މެޗުގައި ކްލަބް ޕީކޭ ކޮޅަށް ޖެހި ލަނޑެކެވެ. އެންމެ ފަހުން 2020 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބީޖީ ސްޕޯޓްސް ނިންމާލަން ޖެހުނީ ގުރޫޕުގެ ފުލުގަ އެވެ. ފުރަތަމަ މެޗުގައި 1-1 އިން ކުޑަހެންވޭރު ޔުނައިޓެޑް ހިފެހެއްޓި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ވެލެންސިއާ އަތުން 4-1 އިން ބަލި ވެފަ އެވެ. އަދި ފަހު މެޗުގައި ޕީކޭ އަތުން ބަލިވީ 1-0 އިންނެވެ.
ޖުމްލަ ހަތް ޓީމު ހިމެނޭ މި ގުރޫޕް؛ ގުރޫޕް ބީ ގައި ހިމެނޭ، މަހިބަދޫ ސްޕޯޓްސް ކުލަބާއި ނިއު އިއްޔެ ހަވީރު ޓާފް ދަނޑުގައި ކުޅެން ތާވަލް ކުރެވުނު މެޗު ވަނީ ފަސް ކޮށްފަ އެވެ.
އެ މެޗް ފަސްކުރީ މޫސުން ގޯސްވެ، އިއްޔެގެ ވިއްސާރައިގެ ސަބަބުން މަހިބަދޫ ޓީމަށް މެޗު ކުޅުމަށް މާލެ އާދެވޭނެ ގޮތެއް ނެތުމުން ކަމަށް އެފްއޭއެމުން ވަނީ މައުލޫމާތު ދީފަ އެވެ. އަލުން މެޗް ކުޅޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ.
ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، މަހިބަދޫ އަދި ކުޅުނީ ތިން މެޗެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ލޮރެންޒޯ ސްޕޯޓްސް އޮތީ ގުރޫޕުގެ ފުލުގަ އެވެ.
މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް، 12 ޕޮއިންޓް ހޯދާފައިވާ ނިއު އެވެ. އަދި ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ އެލްޓީ ސްޕޯޓްސް ކުލަބެވެ. އެލްޓީ ސްޕޯޓްސް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށް، އެއް މެޗު އެއްވަރު ކޮށްފަ އެވެ.
ނިއު އާއި އެލްޓީ ސްޕޯޓްސްއާ އެންމެ ގާތުން ވާދަކުރާ ޓީމަކަށް އޮތީ، ނުވަ ޕޮއިންޓް ހޯދާފައިވާ ކްލަބް ޓީނޭޖް އެވެ. ޓީނޭޖް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވީ ފުރަތަމަ މެޗުގައި ނިއު އަތުންނެވެ. ޖެހިގެން ކުޅުނު ތިން މެޗު ވެސް އެޓީމު ވަނީ ކާމިޔާބު ކޮށްފަ އެވެ.
ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ވިކްޓަރީ މޮޅުވީ، ފުރަތަމަ މެޗުގައި ބީޖީ އަތުންނެވެ. ދެވަނަ މެޗުގައި އެލްޓީ ސްޕޯޓްސް އަތުން އެއްވަރުވެ، ފަހުން ނިއު އާއި ޓީނޭޖް އަތުން ބަލިވެގެން ވިކްޓަރީ އަށް ވަނީ ސެމީގެ އުއްމީދު ގެއްލިފަ އެވެ.
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
ރަނަރަޕް ޓީނޭޖް ކޮޅަށް ބީޖީން ހަ ލަނޑު
ބީޖީ އަތުން ޓެންޓް ސްޕޯޓްސް މޮޅުވެއްޖެ
ބީޖީއާ އެއްވަރުވެ ޓީނޭޖުން ފުރުސަތު ނަގާލައިފި
ހަތަރު އަހަރަށްފަހު ވިކްޓަރީ މެޗަކުން މޮޅުވެއްޖެ
މަސްއޮޑި ސަޕޯޓަރުން ދެއްކީ ފުޓްބޯޅައިގެ ނަމޫނާ: އަކޫ
އެއްބުރުން މަސްއޮޑި އެއްވަނަ ޑިވިޝަނަށް!
އަޑޭ ލަނޑުޖެހި މެޗުގައި ރަތެއް، ޓެންޓް ސެމީއަށް
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް