Roadha Mihaaru
އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް

އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް

02 އޯގަސްޓް 2022

އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ގޮތުން، އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އިއްޔެ އަޅައިފި އެވެ.

އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ގޮތުން، އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އިއްޔެ އަޅައިފި އެވެ.

އެމެރިކާގެ ޚާރިޖއްޔާ އިން އިއްޔެ ބުނި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ، އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން، 2015 ވަނަ އަހަރު އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބައިވެރިވެގެން އީރާނާއެކު ސޮއިކުރި މުއާހަދާ އަށް އީރާނުން އަލުން އަމަލުކުރުވުމަށެވެ. މިފަހަރު އެޅި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ، އީރާންގެ ތެލާއި ތެލުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި ބައިވެރިވާ ހަތަރު ކުންފުންޏަކަށެވެ.

އިއްޔެ އާންމު ކުރި ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނޯ ބްލިންކެން ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މުއާހަދާގައި އަލުން އެމެރިކާ ބައިވެރިވާން ނިންމީ ވަރަށް އިޚްލާސްތެރިކަމާ އެކުގަ އެވެ. އެހެން ނަމަވެސް، އެމެރިކާ އަލުން އެ މުއާހަދާގައި ބައިވެރިވާނީ، އެ މުއާހަދާ އަށް އީރާނުން ފުރިހަމައަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އީރާނުން ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން ސަރުކާރުން ހިންގާ، ޕާޝިއަން ގަލްފު ޕެޓްރޯކެމިކަލް އިންޑަސްޓްރީ ކޮމާޝަލް ކޮމްޕެނީގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް

އީރާން ސަރުކާރުން ހިންގާ، ޕާޝިއަން ގަލްފު ޕެޓްރޯކެމިކަލް އިންޑަސްޓްރީ ކޮމާޝަލް ކޮމްޕެނީގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސޮއިކުރި އެ މުއާހަދާ އިން އެމެރިކާ ވަކިވީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ތެރޭގައި 2018 ވަނަ އަހަރު އެވެ. މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ވެރިކަމާ، ރައީސް ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށް ފަހު، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމައި، މިއަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ އީރާނާ އެކުގައި މަޝްވަރާތައް ކުރަމުންނެވެ.

ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުން އަލުން އެ މުއާހަދާ އަށް އަމަލުކުރަން ފަށާނީ، އެމެރިކާ އަމިއްލަ އަށް އެ މުއާހަދާ އިން ވަކިވެ 2018 ވަނަ އަހަރުން ފެށިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުންނެވެ. އަދި އެ މުއާހަދާ އިން އެމެރިކާ އަލުން ވަކިނުވާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް އީރާނުން ބުނެ އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރުމަށް އީރާނުން ފުރިހަމަ އަށް ތައްޔާރުނުވާހާ ހިނދަކު، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އަޅާނެ އެވެ.

އީރާން ސަރުކާރުން ހިންގާ، ޕާޝިއަން ގަލްފު ޕެޓްރޯކެމިކަލް އިންޑަސްޓްރީ ކޮމާޝަލް ކޮމްޕެނީގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް

އީރާން ސަރުކާރުން ހިންގާ، ޕާޝިއަން ގަލްފު ޕެޓްރޯކެމިކަލް އިންޑަސްޓްރީ ކޮމާޝަލް ކޮމްޕެނީގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް

އެމެރިކާ އިން މިފަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ހަތަރު ކުންފުނީގެ ތެރޭގައި، ޕައިނިއާ ޝިޕް މެނޭޖްމަންޓް ހިމެނެ އެވެ. މިއީ އީރާނުގައި އުފައްދާ ދިޔާ ގޭސް އެކްސްޕޯޓްކުރުމަށް ބޭނުންކުރާ އެންމެ ބިޔަ ޓޭންކަރު ދުއްވާ، ހޮންކޮންގްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެވެ.

އޭގެ އިތުރުން ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ގޯލްޑަން ވޮރިއާ ޝިޕިން ކުންފުންޏާއި، އިތުރު ދެ ކުންފުންޏަކާ ދެކޮޅަށް ވެސް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. މި ކުންފުނިތަކަކީ، އީރާން ސަރުކާރުން ހިންގާ، ޕާޝިއަން ގަލްފު ޕެޓްރޯކެމިކަލް އިންޑަސްޓްރީ ކޮމާޝަލް ކޮމްޕެނީން ދުނިޔޭގެ އެކި ގައުމުތަކަށް ވިއްކާ، ޕެޓްރޯލާއި ޕެޓްރޯލްގެ އެހެން އުފެއްދުންތަކާއި ގޭސް، އެކި ގައުމުތަކަށް އެކްސްޕޯޓް ކޮށްދޭ މައިގަނޑު ކުންފުނިތަކެވެ.

އެމެރިކާ އިން މި ހަތަރު ކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، މިއިން އެއްވެސް ކުންފުންޏެއްގެ ބޯޓެއް، އީރާނުން މުދާ ބަރުކޮށްގެން ދަތުރުކުރާ ނަމަ، އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އެ ބޯޓެއް ހުއްޓުވައި ހިފަހައްޓާނެ އެވެ.