02 އޯގަސްޓް 2022
އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށް މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށް މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ތޫނު އެއްޗެއްސާއި ދަނޑުބުރި ބޭނުންކޮށްގެން މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލީ ފައިސާގެ ބޭނުމުގަ އެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ ބިދޭސީއަކު މަރަން ރާއްޖޭގައި ހުކުމްކުރި ފުރަތަމަ ފަހަރެވެ.
އެ ހުކުމުގެ ސައްހަކަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. ގާނޫނުލް އުގޫބާތު އޮންނަ ގޮތުން، މަރަން ހުކުމް ކޮށްފައިވާ މީހާގެ ފަރާތުން އިސްތިއުނާފަށް ހުށަނާޅައިފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅަން ޖެހެ އެވެ.
މަހްމޫދު: އޭނާ މަރާލީ ފައިސާގެ ބޭނުމުގައި
މަހްމޫދަށް ހަމަލާދީ މަރާލި ކަމަށް ސާލިމް ވަނީ ދަށު ކޯޓާއި ތަހުގީގުގައި ވެސް އެއްބަސްވެފަ އެވެ. އޭނާ ފަހުން ބުނެފައިވާ ގޮތުގައި އެކަން ކުރެވުނީ ފައިސާގެ ބޭނުމުގައި ޝައިތޯނާ އޭނާގެ ބޮލަށް ސަވާރުވުމުންނެވެ.
މަރަން ހުކުމް ކުރިޔަސް، އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމެންދެން ހުކުމް ތަންފީޒު ނުކޮށް މަޑުކުރަން ޖެހެ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރެވެ.
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ސާލިމް އެދުނީ އޭނާގެ މަރުގެ ހުކުމް ދަމަހައްޓަން
ސާލިމް ރުޅި:މިހާރު އެދެނީ ބިދޭސީ ތަރުޖަމާނެއް ހޯދަން
ސާލިމް މަރަންކުރި ހުކުމުގެ މައްސަލަ ހައިކޯޓުން ނުބެލި
މަހްމޫދުގެ ގާތިލް ސާލިމް މެރުމަށް ހުކުމްކޮށްފި
މަރުނޫން އަދަބެއް ނެތުމުން ސާލިމް ރޮމުން އެދުނީ މާފަށް
މަހްމޫދުގެ ހުރިހާ ވާރިސުން އެދުނީ ސާލިމް މަރަން
މަހްމޫދުގެ މަރު: އަންނަ މަހު ސާލިމަށް ހުކުމްކުރަނީ
މަހްމޫދް މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވެއްޖެ
މަހްމޫދުގެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ