Roadha Mihaaru
ބިޔަ މަޝްރޫއާ އެކު އަލިފުއްޓަށް އުފާވެރިކަން

އެމްޓީސީސީގެ ބިޔަ މަޝްރޫއާ އެކު އަލިފުއްޓަށް އުފާވެރިކަން!

03 އޯގަސްޓް 2022

ހަވީރުގެ ފިނި ޖެހިލުމުން އަލިފުށީގެ ހުރިހާ ރައްޔިތުންހެން އިއްޔެ ނުކުތީ ބަނދަރު ސަރަހައްދަަށެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އެއީ އެތައް ދުވަހެއް ވަންދެން މި ރަށު ރައްޔިތުން ދުށް ހުވަފެނެއް އިއްޔެ ހަގީގަތަށް ވާތީ ލިބުނު އުފާވެރިކަމެވެ.

ހަވީރުގެ ފިނި ޖެހިލުމުން އަލިފުށީގެ ހުރިހާ ރައްޔިތުންހެން އިއްޔެ ނުކުތީ ބަނދަރު ސަރަހައްދަަށެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އެއީ އެތައް ދުވަހެއް ވަންދެން މި ރަށު ރައްޔިތުން ދުށް ހުވަފެނެއް އިއްޔެ ހަގީގަތަށް ވާތީ ލިބުނު އުފާވެރިކަމެވެ.

ރަށުގެ ކުދިބޮޑު އެންމެންހެން އެއްވެ ތިބީ، އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، އަލިފުށީ ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް އަންނަ ޓީމަށް މަރުހަބާ ކިޔުމަށެވެ. އެ ޓީމުގައި، އެމްޓީސީސީގެ މެނެޖިން ޑައިރެކްޓަރު އަދި ސީއީއޯ އާދަމް އާޒިމް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އަލިފުށީ ރައްޔިތުންނަށް ފުރިހަމަވި މި އުންމީދަކީ ވަރަށް ކުރިން ފެށިގެން ވެސް މި ރަށު ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ. އަދި އެއީ، މި ރަށުގެ ޒަރޫރީ ބޭނުންތަކަށް ވެސް ވަރަށް މުހިންމު ވެފައިވާ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުން، އެއާޕޯޓެއް އޮތުމާއި ރަށުގެ ބިން ބޮޑުވުމަކީ، މިހާރު ދިރިއުޅުމުގައި އޮތް އެންމެ މުހިންމު އެއް ކަންތަކެވެ.

އަލިފުށީގެ ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ 451 މިލިޔަން ރުފިޔާ އަށް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ.

މުޅި އަލިފުއްޓަށް ވެސް އުފާވެރި ދުވަހެއް!

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ އިއްޔެ އަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވީ މި ރަށުގައި ގޯތިގެދޮރުގެ ދަތިކަން އެބައޮތް ކަމަށާއި މަސައްކަތްތެރިންނަށް ވެސް ބިމުގެ ދަތިކަމެވެ. އަދި މި މުހިންމު ވަގުތުގައި ބިން ހިއްކުމުގެ މަޝްރޫ ފެށުމަކީ ބިމުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަލިފުއްޓަކީ ޒަމާނުއްސުރެ ދެ އުނދަގުލެއްގައި އުޅޭ ރަށެއް. ހިތްދަތިކަމެއްގައި ދިރިއުޅެމުންދިޔަ ރަށެއް. އެއްކަމަކީ ދަތުރުފަތުރުކުރުން ދަތި ރަށަކަށް ވެފައި އަނެއް ކަމަކީ އެއް ފަޅުތެރެއެއްގައި އޮތް އެއްތިގިއްޔަކީ ރައްޔިތުންނަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބިގެންދާ ރަށަކަށް އެންމެން ވެސް ގަބޫލު ކުރާނެ،" އިމްރާން ވިދާޅުވި އެވެ.

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އިމްރާން ވިދާޅުވީ ދަތުރުފަތުރުގެ ދަތިކަން އިންތިހާއަށް މި ރަށުގައި އެބައޮތް ކަމަށާއި އެންމެ ކައިރީގައި އޮތް އިފުރު އެއާޕޯޓަށް ދާން ވެސް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށެވެ. ލޯންޗެއްގެ އަގު އުޅެނީ 2800-3000އާ ދެމެދު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓުން މާލެ ދާން ލިބޭ ޓިކެޓު 1،000-1300 އާ ދޭތެރޭގައި. އެކަމަކު އެ ތަނަށް ދާން ހަރަދުކުރަން ޖެހޭ އަގުތަކަކީ 3000 ރުފިޔާ. އާންމުކޮށް އެކަނި މީހަކު ނުވެސް ދާނެ،" އިމްރާން ވިދާޅުވި އެވެ.

މި ރަށުން "މިހާރު"އާ ވާހަކަ ދެއްކި ގިނަ މީހުން ބުނި ގޮތުގައި މިއީ އެ ރަށު ރައްޔިތުންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަދި މީގެ ކުރިން މާބަނޑު މީހުން ބޭސްފަރުވާއަށް ގެންދިއުމުގައި އަދި ބަލިމީހުން ގެންދިއުމުގައި ވަރަށް ތަހައްމަލު ބޮޑު ކަމަށް މި ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ނަމަވެސް މި މަޝްރޫއާއެކު މި ކަންކަމަށް ހައްލު ލިބޭނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

އެމްޓީސީީސީގެ އެންމެ ބިޔަ މަޝްރޫއު

އަލިފުށީގައި އަމަލީ މަސައްކަތް މި ފެށި މަޝްރޫއަކީ އެމްޓީސީސީން މިހާތަނަށް ކުރާ އެންމެ ބޮޑު މަސައްކަތެވެ. އެ ކުންފުނީގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ.

މިއަދު އެކަނި ވެސް އަޅުގަނޑަށް ފާހަގަ ކޮށްލެވުނު މިއީ ކިހާ މުހިންމު ވައިގެ ބަނދަރެއް ކަން. އަޅުގަނޑުމެން މިއަދު ދަތުރުކުރަމުން އައި އިރު ވެސް ލޯންޗު ގިނަ ފަހަރަށް އޮތީ އަޑީގައި -- އާޒިމް

އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިއީ އެމްޓީސީީސީގެ ހަޔާތުގައި ވެސް އެއްފަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން އަލިފުށީގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އަދި އެއާޕޯޓަށް 50.5 ހެކްޓަރު ބިން ހިއްކާނެ ކަމަށާއި މިއީ އެ ކުންފުނީގެ ހަޔާތުގައި ވެސް އެއްފަހަރާ ހިއްކާ އެންމެ ބޮޑު ބިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ވެސް މި ރަށަކީ 45.5 ހެކްޓަރުގެ ރަށެއް. އެހެން ނަމަވެސް މި ރަށާ އެކުވެގެން މިދަނީ މިއަށްވުރެ ބޮޑު ރަށެއް. އަލަށް މި އިތުރުކުރެވޭ 50.5 ހެކްޓަރާއެކު އަލިފުށީގެ ބޮޑުމިން ނުވަދިހަ ހަ ހެކްޓަރަށް ބަދަލުވެގެން ދާނެ. މި ރަށް މާ ސިންގާ ބޮޑު ރަށަކަށް ވެގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ބޯހިޔާވަހި ކަމަށް އެދި ތިބި ރައްޔިތުންނަށާއި ވައިގެ މަގުން ދަތުރުކުރުުމުގައި ތަކުލީފު އުފުލަން ޖެހިފައިވާ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

އަލިފުށީ ބިންހިއްކުމުގެ މަޝްރޫ އާއި އެއާޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެމްޓީސީސީ

"މިއަދު އެކަނި ވެސް އަޅުގަނޑަށް ފާހަގަ ކޮށްލެވުނު މިއީ ކިހާ މުހިންމު ވައިގެ ބަނދަރެއް ކަން. އަޅުގަނޑުމެން މިއަދު ދަތުރުކުރަމުން އައި އިރު ވެސް ލޯންޗު ގިނަ ފަހަރަށް އޮތީ އަޑީގައި. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވަރަށް ހިތްވަރުގަދަ ލީޑަރަކާ އެކީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ގަދަ ކަނޑެއް، ވައިގަދަ ދުވަހެއް ބެލުމެއް ނެތި އެމްޓީސީސީގެ ޓީމުން ރައީސްގެ ފަހަތުގައި ތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު އަޅުގަނޑު ތިޔަ ރައްޔިތުންނަށް އަރުވަން،" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫ ނިމޭއިރު މި ރަށުގެ ދެކުނު ފަރާތުން ފެންނަން އޮންނާނީ ރަނގަޅު ފެންވަރުގެ ރަންވޭއަކާއި އެއާޕޯޓެއްގެ ހިދުމަތް ދެވޭ ފެންވަރުގެ އިމާރާތަކާއި ރިވެޓްމަންޓު ނިމިފައި އޮތް ހިއްކި ބިމެއް ކަމަށެވެ. އެއީ ހިދުމަތަށް ދޮންވެ ފައްކާވެފައި އޮތް އެއާޕޯޓަކާއި ބޯހިޔާވަހިކަމަށް ހާއްސަވެފައި އޮތް ބޮޑު ބިމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއާއެކު އަލިފުށީ ރައްޔިތުން ތިބީ އުފަލުން ފޮޅިފަ އެވެ. މަސައްކަތް ނިމި ވައިގެ މަގުން ރަށަށް އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ދުވަސްތައް ގުނާލަ ގުނާލަ އެވެ.