Roadha Mihaaru
ޓޭލާ ސްވިފްޓް މާގިނައިން އުދުހޭތީ މައްސަލަ ހޫނުވެއްޖެ

ޖެޓްގައި އެންމެ ގިނައިން އުދުހެނީ ޓޭލާ ސްވިފްޓްކަން އެނގުމުން މައްސަލަ ހޫނުވެއްޖެ

04 އޯގަސްޓް 2022

ޕްރައިވެޓް ޖެޓު ދުއްވުމާ ގުޅޭގޮތުން ލީކުވި މައުލޫމާތުތަކެއްގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ އެންމެ ގިނައިން ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ އެކަކުކަން ހާމަވުމާ އެކު އޭނާ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ޕްރައިވެޓް ޖެޓު ދުއްވުމާ ގުޅޭގޮތުން ލީކުވި މައުލޫމާތުތަކެއްގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ އެންމެ ގިނައިން ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ އެކަކުކަން ހާމަވުމާ އެކު އޭނާ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

ލީކުވި ލިޔުމުން އެނގެނީ ހުރިހާ ފަންނާނުންގެ ތެރެއިން ވެސް މިދިޔަ އަހަރު އެންމެ ގިނައިން ޕްރައިވެޓް ޖެޓްގައި ދަތުރުކުރީ ޓޭލާ ސްވިފްޓް ކަމެވެ.

ޕްރައިވެޓް ޖެޓްގެ ސަބަބުން ތިމާވެށްޓަށް ވަރަށް ބޮޑެތި ގެއްލުންވެ އެވެ.

ލީކުވި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޓޭލާގެ ޖެޓު ވަރަށް ކުރު ދަތުރުތަކަށް ވެސް ބޭނުންކޮށްފައިވެ އެވެ.

އެއާއެކު އިތުރު މައްސަލައެއް ފެންމަތިވި އެވެ. އެއީ ޓޭލާގެ ދެ ޖެޓު އޮންނަކަން ހާމަވުމުންނެވެ. އަދި އެ ދެ ޖެޓަކީ ވެސް އަބަދު ބޭނުންކުރާ އެއްޗެއްސެވެ. މި މައްސަލަ ހޫނު ވެފައިވަނިކޮށް ޓޭލާ ވަނީ އެއް ޖެޓު ވިއްކާލައިފަ އެވެ.

ނަމަވެސް އޭނާ މިހާރު ބޭނުންކުރާ ޖެޓަކީ ވެސް ވަރަށް ގިނަ ދަތުރުކުރާ ޖެޓެކެވެ. އެހެންވެ އާންމުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެންމެފަހުން އިއްޔެ ޓޭލާ ވަނީ އެކަމަށް ރައްދު ދީފަ އެވެ. ޓޭލާ ބުނި ގޮތުގައި އެ ޖެޓަކީ ޓޭލާ އާންމުކޮށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ނަމަވެސް އެ ޖެޓު ކުއްޔަށް ދޫކުރާ ކަމަށް ޓޭލާ ބުންޏެވެ. މިކަމާ ގުޅިގެން ވެސް އާންމުންގެ ރުޅި މަޑެއް ނުވި އެވެ.