04 އޯގަސްޓް 2022
ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންޓާ އެއާލައިނުން ދަތުރުނުކޮށްދޭ މައްސަލައިގައި އެއާލައިނާ ދެކޮޅަށް އެއާޕޯޓު ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންޓާ އެއާލައިނުން ދަތުރުނުކޮށްދޭ މައްސަލައިގައި އެއާލައިނާ ދެކޮޅަށް އެއާޕޯޓު ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެއްވުމާ ގުޅިގެން ހަތަރު ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަނެއް ދެ މީހުންނަކީ، އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއް އަދި 32 އަހަރުގެ މީހެކެވެ.
ހަމަނުޖެހުންތައް ފެށުނީ ކުޑަހުވަދޫގައި މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުންނެވެ. މީގެ ކުރިން ވެސް އެ އެއާލައިނުން ބަލި މީހުން ގޮވައިގެން ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވާތީ މަންޓާއާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.
އެކަމާ ގުޅިގެން މަންޓާ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ އޭޓީއާރު އެއާކްރާފްޓް ޑިޒައިންކޮށްފައިވާ ގޮތުން އެ ބޯޓަށް ސްޓްރެޗާ ނޭރުވޭ ކަމަށެވެ. ނަމަވެސް، ގޮނޑީގައި އަމިއްލައަށް އިނދެގެން ދަތުކުރެވޭވަރު މީހެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ދެއްކުމުން ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން ހިދުމަތް ފެށި މަންޓާ އިން ދަތުރުކުރަނީ ކުޑަހުވަދޫގެ އިތުރުން ދަރަވަންދުއަށެވެ. ކުޑަހުވަދޫ އެއާޕޯޓަށް މީގެ ކުރިން މޯލްޑިވިއަން އެއާލައިނުން ވެސް ހަފުތާއަކު އެއްފަހަރު ދަތުރުކުރި އެވެ. ނަމަވެސް، އެ އެއާލައިންގެ ދަތުރުތައް ހުއްޓާލިތާ 3-4 އަހަރުވެއްޖެ އެވެ.
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން
މުޒާހަރާ: ޓޫރިސްޓުން ތާށިވި، ދަތުރުތައް މެދުކަނޑާލި
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
ކުޑަހުވަދޫ ގުރުއާން މުބާރާތުން 1 ވަނަ މާއިޝާ އަށް
ކުޑަހުވަދޫގައި ގުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަނީ
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ