މިފަހުން ދިވެހިންގެ މެދުގައި މަގްބޫލުވި އޮންލައިން ވިޔަފާރި، "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނަން ޝިޕިން ފީއެއް ނަގަން ފަށައިފި އެވެ.
04 އޯގަސްޓް 2022
މިފަހުން ދިވެހިންގެ މެދުގައި މަގްބޫލުވި އޮންލައިން ވިޔަފާރި، "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނަން ޝިޕިން ފީއެއް ނަގަން ފަށައިފި އެވެ.
ފެޝަން ބްރޭންޑް "ޝެއިން" އިން ރާއްޖެއަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ.
އެކަމަކު މިހާރު ރާއްޖެއަށް ގެންނަ މުދަލުން ޝިޕިން ފީއެއް ނަގާނެ އެވެ.
ޝެޢިންގެ ވެބްސައިޓުން ދައްކާ ގޮތުގައި އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް މިހާރު 30 ޑޮލަރު ނަގާނެ އެވެ. އަދި އިތުރަށް ގެންނަ ކޮންމެ އެއްޗަކުން ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރާނެ އެވެ.
ކުރިން 200 ޑޮލަރަށް ވުރެ މައްޗަށް ވިޔަފާރިކުރުމުން ފްރީ ޝިޕިން ލިބުނަސް އެ އަދަދު ހަމަ ނުވާ ނަމަ އައީ އައިޓަމަކަށް 24 ޑޮލަަރުގެ ރޭޓުން ޝިޕިން ފީ ނަގަމުންނެވެ.
ޝިޕިން ފީއެއް ނަގަން ފެށި ސަބަބެއް ނޭނގެ އެވެ. އެކަމަކު ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލި، މުދާ އެތެރެކުރުމަށް ވެސް ބޮޑެތި ފީތަކެއް ދަނީ ނަގަމުންނެވެ.
ޗައިނާގެ ޝެެއިން އިން ވިޔަފާރިކުރުން ދިވެހިންގެ މެދުގައި އިތުރުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އަންނައުނާއި ރީތިވާ ސާމާނުން ފެށިގެން ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ސާމާނުތައް ވެސް ޝެއިން އިން ލިބޭއިރު ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އޯޑަރުކުރާ ސާމާނު ރާއްޖެއަށް ލިބެ އެވެ.
ފަރުނީޗަރު ޕޭޖަކުން މަކަރުހަދާތީ ސަމާލުވާން އެދިއްޖެ
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
ޝެއިން އިން ރާއްޖެއަށް ހިލޭ ޝިޕް ކުރެވޭ ގޮތް ހަދައިފި
މޫލީގެ ހިދުމަތަށް ތިން އަހަރު ފުރުން ފާހަގަކޮށްފި
ޕިންޓްރެސްޓް "ޝޮޕިން މޯލަކަށް" ބަދަލުކޮށްލަނީ
އެމެޒަން އިން ޑްރޯން މެދުވެރިކޮށް ޑެލިވަރީކުރަން ފަށަނީ
ވެލިގާގެ އީ ކޮމާސް ޕްލެޓްފޯމް ތައާރަފުކޮށްފި
"ހައްޕު" ގޭމް މިހާރު މޫލީން ލިބޭނެ
މައި ޔޫއެސްގެ ޑޭޓާ ވަގަށް ނަގައިފި
އެމްއައިބީގެ ފޭކް ސްލިޕް ފޮނުވާތީ ސަމާލުވާން އެދެފި