Roadha Mihaaru
ފުލުހުންގެ ބެލުމުގެ ދަށުގައި ސާލިމް ގެއަށް!

މަހްމޫދުުގެ މަރު: ތުހުމަތު ކުރެވޭ ސާލިމް ފުލުހުންގެ ބެލުމުގެ ދަށުގައި ގެއަށް!

17 އޮކްޓޯބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ސާލިމް ދިރިއުޅުނު ގެއަށް މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފި އެވެ.

ނަޖާހް މަސްއޫދު އދ. ދަނގެތިން ނަޖާހް މަސްއޫދު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ސާލިމް ދިރިއުޅުނު ގެއަށް މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފި އެވެ.

މި ރަށު އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ސާލިމްގެ ފަރާތުން، މަހުމޫދު ގެއްލުނު ރޭ ޝައްކު ކުރެވޭ މަންޒަރެއް ފެނިފައި ވުމާ އެކު، އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ވަނީ ހައްޔަރުކޮށް ބިޑި އަޅުވައިގެން މި ރަށު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. އެކަމަކު، އޭނާއާ މި މަރާ ގުޅުވޭ ހެކިތަކެއް ފެނިފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަނގެތީ މެޖިސްޓްރޭޓު ކޯޓުން 15 ދުވަހަށް ސާލިމްގެ ބަންދު އިތުރުކޮށްފައި ވާއިރު އޭނާ އުމުރުން ދުވަސްވީ މީހާއާ އެކު ދިރިއުޅުނު ނެދުންގެއަށް ވަނީ ގެންގޮސްފަ އެވެ. އޭނާ ގެޔަށް ގެންދިޔައީ ތަހުގީގުގެ ބޭނުމަކަށް ކަމެއް ނުވަތަ އެހެން ބޭނުމެއްގައި ކަމެއް އަދި ނޭނގެ އެވެ.

ސާލިމް ގެޔަށް ގެންދިޔަ ފަހުން އެ ގެޔަށް ދެ އުދަލި ވެއްދިކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އޭނާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ. ސާލިމް ނޫން މީހަކަށް މި މަރާ ގުޅިގެން މިހާތަނަށް ފުލުހުން ރަސްމީކޮށް ތުހުމަތެއް ނުކުރެ އެވެ. އަދި އޭނާއާ މި މަރާ ގުޅުވޭ ހެކިތަކެއް ލިބިފައިވާ ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

ފުލުހުން، ސާލިމް ދިރިއުޅޭ ނެދުރުގެ ކައިރީގައި: ފުލުހުން ވަނީ ސާލިމް ދިރިއުޅޭ ނެދުރުގެ ވަށައިގެން ކޯޑޮން ކުރި ސަރަހައްދެއް ބޮޑުކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން، ސާލިމް ދިރިއުޅޭ ނެދުރުގެ ކައިރީގައި: ފުލުހުން ވަނީ ސާލިމް ދިރިއުޅޭ ނެދުރުގެ ވަށައިގެން ކޯޑޮން ކުރި ސަރަހައްދެއް ބޮޑުކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން މިއަދު ވަނީ ނެދުންގެ ވަށައިގެން ބަންދުކޮށްފައިވާ ސަރަހައްދު ބޮޑުކޮށްފަ އެވެ. އެ ސަރަހައްދުގެ ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މި ރަށު ޕްރީ ސްކޫލުގެ ނިކަގަސް ކައިރި ފުލުހުން ބަލަމުން ދިޔަ މަންޒަަރު "މިހާރު"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މި މަރު ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މި ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން މީގެ ކުރިން ވަނީ މަހުމޫދު މަރުވެފައި އޮއްވައި ފެނުނު ވަޅު ހުރި ގޯތި ވެސް ބަލައި ފާސްކޮށްފަ އެވެ.

ސާލިމް ބަލަހައްޓާ އުމުރުން ދުވަސްވީ މީހާގެ އާއިލާއިން "މިހާރު" އަށް ބުނި ގޮތުގައި އެ މީހާއަށް ސާލިމްގެ ފަރާތުން ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައެއް ނެތެވެ. އެ މީހާގެ ގެ ފުލުހުން ބަލައި ފާސްކުރީ ވެސް އެ މީހާ އެހެން ގެއަކަށް ފޮނުވާލުމަށްފަހު އެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު: އެ ވަޅަކީ އޭނާގެ އާއިލީ ގޯއްޗެއްގައި ހަދާފައި ހުރި ވަޅެއް. މިހާރު ފުލުހުން ހުރީ އެ ވަޅު މަތީގައި ހުދު ސަތަރި ދަމާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު: އެ ވަޅަކީ އޭނާގެ އާއިލީ ގޯއްޗެއްގައި ހަދާފައި ހުރި ވަޅެއް. މިހާރު ފުލުހުން ހުރީ އެ ވަޅު މަތީގައި ހުދު ސަތަރި ދަމާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހުމޫދުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ފައިސާ ދަބަހާއި ފޯނު ވެސް ނެތެވެ. މަހުމޫދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާ އަކީ އަތުގައި އަބަދުވެސް ހާހުން ފައިސާ ގެންގުޅޭ މީހެކެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނު ގޯއްޗަކީ މަހުމޫދު އުޅެ ބޮޑުވި ގޯތި ކަމަށާއި އެތަން ތަޅާލާފައި ހުރީ ދެ ބުރިއަށް ގެއެއް އެޅުމަށް ކަމަށް ވެސް އޭނާގެ އާއިލާގެ މީހުން ބުންޏެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނު ވަޅަކީ ވެސް އެ ގެ ހެދުމަށާއި އެތަނުގައި ހުންނަ ގަސްތަކަށް ފެން ދިނުމަށް މަހުމޫދު ބިދޭސީންތަކެއް ލައްވައި ކޮނުނު ވަޅެކެވެ.