Roadha Mihaaru
ކުޑަކުއްޖަކާ ބެހުނު ތިން މީހަކު 10 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ ބެހުނު ތިން މީހަކު 10 އަހަރަށް ޖަލަށް

08 އޯގަސްޓް 2022

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތިން މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތިން މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފުވައްމުލަކުގެ ތިން މީހެއްގެ މައްޗަށް އެ ހުކުމް އައިސްފައި ވަނީ މީގެ ހަތަރު އަހަރު ކުރިން ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެކަމަކު އެ ބާވަތުގެ މައްސަލަތަކުގެ މައުލޫމާތު އާންމުކުރުމަކީ މަނާ ކަމަކަށް ވާތީ އެ މައްސަލައިގެ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލި ކަމުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ސާބިތުވާތީ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ ނުވަ އަހަރާއި 10 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށަކީ ރާއްޖޭގައި އެންމެ ބޮޑެތި އަދަބު ދެވޭ އެއް ކުށެވެ.