Roadha Mihaaru
ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށް

ކުއްޖަކު ރޭޕްކޮށް، ބަރަހަނާ މަންޒަރު ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށް

19 ޖެނުއަރީ 2023

ކުޑަކުއްޖަކު ރޭޕްކޮށް، އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކު ރޭޕްކޮށް، އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މީހަކު 40 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލ. ކަލައިދޫ މާކަރީލައިޓް މުހައްމަދު ޝަޒްލީފްގެ މައްޗަށް އެ ހުކުމް އައީ ޖެނުއަރީ 2018 ގައި އެ ރަށު ވަލުތެރެއަށް އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕްކޮށް އަދި އެ މަންޒަރު ވީޑިއޯ ރެކޯޑްކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ޝަފްލީޒްގެ މައްޗަށް އިއްޔެ 40 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވުމުންނެވެ. އެއީ ރޭޕްގެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.

ކޮންމެ ދައުވާއެއްގައި ވެސް ކޯޓުން ކަނޑައެޅީ 20 އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ޝަޒްލީފް ބަންދުގައި ދެ އަހަރާއި 1 މަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުގެ އެ ބައި އުނިކުރަން ޖެހޭނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑު އަދަބު އަންނަ ކުށެކެވެ.