Roadha Mihaaru
މިން ނަގަނީ ކަމަށް ބުނެ ކުއްޖަކާ ބެހުނުކަން ސާބިތުނުވި

މިން ނަގަން ކަމަށް ބުނެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތެއްނުވި

01 ފެބުރުއަރީ 2023

ހެދުމެއްގެ މިން ނަގަން ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެދުމެއްގެ މިން ނަގަން ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސެޕްޓެމްބަރު 2020 ގައި ހެދުމެއްގެ ފަތި ޖަހަން ކަމަށް ބުނެ ގެއަކަށް ގޮސް، ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އަތްލި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމުގެ އެ ދައުވާގައި، އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ހުކުމް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ހުކުމުގެ އިތުރު ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ. އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް ކޯޓުތަކުން އަބަދުވެސް ކުރިއަށް ގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.