އެމެރިކާގެ ހުޅަނގުދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ އެންމެ ބައިބޯ ސަހަރު، އަލްބުކުއާކީގައި ހަތަރު މުސްލިމަކު މަރައިލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރެވިއްޖެ ކަމަށް އެ ސަހަރުގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ހުޅަނގުދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ އެންމެ ބައިބޯ ސަހަރު، އަލްބުކުއާކީގައި ހަތަރު މުސްލިމަކު މަރައިލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރެވިއްޖެ ކަމަށް އެ ސަހަރުގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އަލްބުކުއާކީގެ ފުލުހުންގެ ވެރިޔާ ހެރޮލް މެޑީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ހަތަރު މުސްލިމުން މަރައިލި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާ އަތުލައިގަނެވުނީ، އެންމެ ފަހުން މަރައިލެވުނު މީހާ އަށް ހަމަލާ ދިން ސަރަހައްދުން ފާހަގަކުރެވުނު، ޝައްކުކުރެވޭ އެއްގަމު އުޅަނދަކަށް ފާރަލައި އެ އުޅަނދު ހޯދައިގެންނެވެ. އެ އުޅަނދު ދުއްވި މީހާއަކީ، ހަތަރު މުސްލިމުންގެ މަރުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ މީހާ ކަމަށްވާތީ، އޭނާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު ސައްޔިދު އެވެ. އޭނާގެ މައްސަލަ ތަހުގީގު ކުރަނީ، އަލްބުކުއާކީގައި އެންމެ ފަހުން މަރައިލި ދެ މުސްލިމުންގެ ގާތިލަކީ އޭނާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭތީ އެވެ. އެހެން ނަމަވެސް އޭގެ ކުރިން މަރައިލި ދެ މުސްލިމުންގެ ގާތިލަކީ ވެސް އޭނާ ކަމަށް ތުހުމަތުކުރެވެ އެވެ.
ބަޑިޖަހައި މަރައިލި އާފްތާން ހުސައިންގެ ޖަނާޒާގެ ކަންތައް ނިންމުމަށް ފަހު، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަލްތާފް ހުސައިން އޭނާގެ ކޮއްކޮގެ މަހާނަ ކައިރީގައި އިނދެ ހިތާނަކުރަނީ. --އޭއެފްޕީ
އަލްބުކުއާކީގެ ފުލުހުންގެ އިދާރާގެ ޑެޕިއުޓީ ކޮމާންޑަރު ކޭލް ހާޓްސޮކް ވިދާޅުވި ގޮތުގައި ހަތަރު މުސްލިމުންނަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލުމުގެ ފަހަތުގައި ވަނީ މަޒްހަބީ ދެކޮޅުވެރިކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެން ނަމަވެސް، އެ ހަތަރު މީހުން މަރައިލުމުގެ އަސްލު ސަބަބަކީ އެއީ ކަމެއް އަދި މުޅިން ކަށަވަރު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރައިލެވުނު ހަތަރު މީހުންގެ ތެރެއިން، މުހައްމަދު އަފްޒަލް ހުސައިން، 27، އާފްތާބު ހުސައިން، 41، އަދި ނައީމް ހުސައިން، 25 އަކީ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ޝީއީ މުސްލިމުންނެވެ. މި ތިން މީހުން މަރައިލީ މިދިޔަ ދެ ހަފުތާގެ ތެރޭގަ އެވެ. ހަތަރު ވަނަ މީހަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަރައިލި، އަފްޣާނިސްތާނަށް އުފަން ޝީއީ މުސްލިމެއް ކަމަށްވާ ނައީމް ހުސައިން، 62، އެވެ.
މި ހަތަރު މީހުންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގާތިލަކީ އަފްޣާނިސްތާނަށް އުފަން ސުންނީ މުސްލިމެކެވެ. އެ ހަތަރު މީހުން މަރައިލުމުގެ ސަބަބަކީ، މަޒްހަބީ ތަފާތަށް ވުރެ ބޮޑު ކަމަކަށް ވެސް ވެދާނެ ކަމަށް ފުލުހުން ގަބޫލުކުރެ އެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި މީހާގެ ގެ ބަލައި ފާސްކުރި އިރު، އެ ގޭގެ ތެރެއިން ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އު މެކްސިކޯގައި ބަޑިޖަހައި މަރައިލި ހަތަރު މީހުން. --އޭއެފްޕީ
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް މިހާރު ތަހުގީގު ކުރަމުން ދަނީ، މުހައްމަދު އަފްޒަލް ހުސައިން އާއި އާފްތާބު ހުސައިން މަރައިލުމުގެ ތުހުމަތުގަ އެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ، އެ ދެ މީހުން މަރައިލި ތަނުން ފެނުނު އުންޑައިގެ ދެ ދޯރި، ތުހުމަތު ކުރެވޭ މީހާގެ ގެއިން ފެނުނު ބަޑީގައި ބޭނުންކޮށްފައިވާކަން ފޮރެންސިކް ހެކިތަކުން ސާބިތުވާތީ އެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އޭނާގެ މައްޗަށް ދައުވާ ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މަރައިލެވުނު ހަތަރު މީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮތްކަން ވެސް އަދި، ތުހުމަތު ކުރެވޭ މީހާ އާއި މަރައިލެވުނު މީހުންނާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަން ވެސް، ތަހުގީގަށް މިހާތަނަށް ސާބިތުނުވާ ކަމަށެވެ.
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް
ބަޑީގެ ހަމަލާތަކާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކޮށްފި
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް