ހުރިހާ ކަމެއްގައި ވެސް އެންމެ ފުރިހަމަ މިނިވަންކަން އޮންނަ ކަމަށް ދައުވާކުރާ އެމެރިކާގައި ހަތިޔާރުގެ ބޭނުންކޮށްގެން މީހުން މެރުމުގެ ނުރައްކާތެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހުރިހާ ކަމެއްގައި ވެސް އެންމެ ފުރިހަމަ މިނިވަންކަން އޮންނަ ކަމަށް ދައުވާކުރާ އެމެރިކާގައި ހަތިޔާރުގެ ބޭނުންކޮށްގެން މީހުން މެރުމުގެ ނުރައްކާތެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާ ސަރުކާރުން ކަނޑައަޅާފައި އޮންނަ ވަކި ގަވާއިދުތަކެއްގެ ދަށުން، ހަތިޔާރު ގެންގުޅުމަކީ އާންމު ރައްޔިތުންނަށް ވެސް ހުއްދަ ކަމެކެވެ. އެ ހުއްދައިގެ ދަށުން ވަކި ކަހަލަ ހަތިޔާރުތަކެއް ބައެއް މީހުން ގެންގުޅޭއިރު، އެއްވެސް ހުއްދައެއް ނުހޯދައި ހަތިޔާރު ގެންގުޅޭ މީހުންގެ އަދަދު ވެސް އެމެރިކާގައި މަދެއް ނޫނެވެ.
އެފަދަ ހަތިޔާރު ގެންގުޅުން އާންމުންގެ ތެރޭގައި ފެތުރިފައި އޮތް މިންވަރު އެންމެ ބޮޑަށް ދޭހަވަނީ، މަނާ ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ކުށްތައް އެމެރިކާގައި އިތުރުވަމުން އަންނަ ނިސްބަތުންނެވެ. ވަކިން ޚާއްސަ ގޮތެއްގައި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އެމެރިކާގައި އަޅާފައި އޮތް ދުވަސްވަރު، ބަޑި އާއި ފިސްތޯލަ ފަދަ ތަކެތިން ހަމަލާ ދީ މީހުން މެރުމުގެ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމެރިކާގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖާމާ ނެޓްވޯކް އޯޕަން އިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހިނގި ބަޑިޖެހުމުގެ ހާދިސާތަކުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން ކޮވިޑްގެ ދުވަސްވަރު ހިނގި އެ ބާވަތުގެ ހާދިސާތައް އެހެން އަހަރުތަކާ އަޅައިބަލާއިރު އިތުރު ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އޭގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ހިނގި، ބަޑިން ހަމަލާ ދީ މީހުން މެރުމުގެ ހާދިސާތައް 25 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގައި ހިނގި ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބަޑި ޖެހުމުގެ ހާދިސާތަކުގައި 1990 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މަރުވި މީހުންގެ ގާތްގަނޑަކަށް 86 ޕަސެންޓަކީ ފިރިހެނުންނެވެ. އެ މުއްދަތުގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި ގިނަ މީހުންނަކީ އެފްރިކާ ނަސްލުގެ ކަޅު ފިރިހެނުންނެވެ. އަދި ބަޑި ޖަހައިގެން އަމިއްލަ އަށް މަރުވި ގިނަ މީހުންނަކީ ދޮން ނަސްލުގެ ދޮށީ އުމުރުގެ މީހުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި އަންހެނުންނާއި ފިރިހެނުންގެ އަދަދު، 2014 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ވަނީ، އޭގެ ކުރީ އަހަރުތަކާ އަޅައި ބަލާއިރު ދެ ގުނަ އިތުރުވެފަ އެވެ. އެހެން ނަމަވެސް ދެ ޖިންސުގެ އަދަދުގެ ތަފާތަށް ބަލާއިރު ފިރިހެނުން މަރުވި އަދަދު އަންހެނުންނަށް ވުރެ ފަސް ގުނަ އިތުރެވެ.
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ބަޑީގެ ހަމަލާތަކާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކޮށްފި
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
ޓެކްސަސްގައި ބަޑި ޖަހައި 5 މީހަކު މަރާލައިފި
ކެލިފޯނިއާގައި އަނެއްކާވެސް ބަޑިޖަހައި 7 މީހުން މަރު
އާ އަހަރުގެ ހަފްލާއެއްގަ ބަޑިޖަހައި 10 މީހުން މަރު
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
އެމެރިކާގައި މުސްލިމުން މަރާ މީހާ ހައްޔަރުކޮށްފި